ads
ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ ބޯޅަ ކޮންޓްރޯލްކުރާ އިރު އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން ފަހަތުގައި
މެސީގެ މޮޅު ޕާސްތަކުން ގޯލްޖަހާ ޗެމްޕިއަން އާޖެންޓީނާ ފައިނަލަށް
ފަހަތުން އަރާ އިނގިރޭސިން ބަލިކޮށް އެންމެ ފަހުގެ ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާ މިފަހަރުގެ ވޯލްޑްކަޕްގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.
Advertisement

އެންމެ ފަހުގެ ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާ ފަހަތުން އަރާ 2-1 ގެ ނަތީޖާއަކުން އިނގިރޭސިން ބަލިކުރީ މެޗު ނިމެން ފަސް މިނިޓަށް ވެފައި ވަނިކޮށް ޖެހި ލަނޑުތަކުންނެވެ. ދެ ގޯލު ވެސް ޖެހީ މެސީ ދިން ހިތްގައިމު ދެ ޕާހަކުންނެވެ. 

ވޯލްޑްކަަޕް 2026 ގެ ދެވަނަ ސެމީ ފައިނަލު މެޗްގެ ފުރަތަމަ ހާފުގައި އިންގްލޭންޑަށްވެސް އާޖެންޓީނާއަށްވެސް މާ ރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވެ އެވެ. ނަތީޖާއަކަށްވީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި ފުރަތަމަ ހާފު ނިންމާލަން ޖެހުމެވެ. 

ދެވަނަ ހާފުގައި ބަދަލަކާއި އެކު ކުޅެން ނުކުމެ މެޗުގެ 55 ވަނަ މިނެޓްގައި ގޯލެއް ޖަހާ މެޗުގައި އިނގިރޭސިން ލީޑް ނެގިއެވެ. ބެލިހަމް ނަގާދިން ހިތްގައިމު ހުރަހަކުން އިނގިރޭސިންނަށް މެޗުގައި ޖެހުނު ހަމަެއެކަނި ލަންޑު ޖަހާދީނީ ގޯޑަން އެވެ. 

މެޗުގައި ލީޑް ނެގުމާއި އެކު ދެން ފެނުނީ އިނގިރޭސީން މުޅި ޓީމް ފަހަތަށް ފައިބައި ޑިފެންސަށް ކުޅެން ފެށިތަނެވެ. އެއާއި އެކު އާޖެންޓީނާގެ ކުޅުން ރަނގަޅުކޮށް އިނގިރޭސި ގޯލަށް ނުރައްކާކުރަން ފެށިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ގޯލާ އަމާޒުވި ބައެއް ބޯޅަތައް އިނގިރޭސި ކީޕަރު ވަނީ މަތަކޮށްފައެވެ. 

މެޗްގެ 80 މިނެޓް ކުޅުނު ފަހުން އާޖެންޓީނާއިން ވަނީ ޓީމަށް މުހިއްމި ބަދަލުތަކެއް ގެނެސްފައެވެ. އެ ބަދަލުތަކާއި އެކު އާޖެންޓީނާގެ ގިނަ ހަމަލާތަކެއް އިނގިރޭސި ގޯލަަށް އަމާޒުވާން ފެށިއެވެ. އެއާއިއެކު މެސީ ދިން ޕާހަކުން އާޖެންޓީނާގެ ފުރަތަމަ ލަނޑު މެޗުގެ 85 މިނެޓްގައި ޖަހާދީ ފެނާންޑޭޒްއެވެ. އޭނާ ޑީ އޭރިއާގެ ބޭރުން ފޮނުވާލި ބާރު ޝޫޓް އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. 

މެޗްގެ ނަތީޖާ ހަމަހަމަކުރުމަށްފަހު އަނެއްކާވެސް އާޖެންޓީނާގެ ހަމަލާތައް އިނގިރޭސި ގޯލަށް އަމާޒުވާން ފެށިއެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި 9 މިނެޓްގެ ތެރެއިން ދެވަނަ މިނެޓްގައި އިނގިރޭސީންގެ ގޯލު ފޫއަޅުވާލާ މުބާރާތުގެ ފައިނަލަށް އިނގިރޭސީން ކުރި އުއްމީދު ފުނޑުފުނޑު ކޮށްލި އެވެ. 

މެޗުގައި އާޖެންޓީނާ މޮޅު ލަނޑު ޖަހާދީނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ލަޓައުރޯ މާޓިނޭޒް އެވެ. އޭނާގެ މި ލަނޑު ޖެހީ އަލިސްޓާ އިނގިރޭސި ގޯލަށް ފޮނުވާލި ބޯޅަ ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވުމުން ހަމަ އެ ބޯޅަ މެސީ ހޯދާ އޭނާ ނަގައިދިން ހުރަސް ބޮލުން ގޯލަށް ފޮނުވާލައިގެންނެވެ.

ވޯލްޑް ކަޕްގެ ފައިނަލްގައި އަންނަ އާދިއްތަ ދުވަހުގެ ރޭ އާޖެންޓީނާ ނުކުންނާނީ ޔޫރަޕްގެ ޗެމްޕިއަން ސްޕެއިނާ ދެކޮޅަށެވެ. ސްޕެއިން ފައިނަލަށް ދިޔައީ އެންމެފަހުގެ ދުނިޔޭގެ ރަނަރަޕް ފްރާންސް ބަލިކުރުމަށް ފަހު އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;