ރެޑް ކާޕެޓްތަކުން ފެންނަ ފަދަ ފުރިހަމަ އަދި އޮމާން ލުކް އެއް އާންމުކޮށް މޭކަޕް ކުރާއިރު ހޯދާނެ ގޮތްތައް ކިޔައިދެމުން، އޭނާ ވަނީ މޭކަޕްގެ ދުނިޔޭގައި ބޭނުންކުރާ އެންމެ މަގުބޫލު ހެކްސްތައް ދައްކާލާފަ އެވެ.
ހްރޫޝް ހިއްސާކުރި ހާއްސަ އުކުޅުތަކުގެ ތެރޭގައި، ލޮލުގެ ކަޅުކަން ގަދަކޮށް ދެއްކުމަށް "ލުމިފައި" އައި ޑްރޮޕްސް ބޭނުންކުރުމާއި، އެސްފިޔަތައް ގިނައިރު ވަންދެން މައްޗަށް ލެންބިފައި ބެހެއްޓުމަށް އެސްފިޔަ އޮބާ އެއްޗަށް ކުޑަކޮށް ހީޓް ދިނުން ހިމެނެއެވެ. އަދި ލޮލުގެ ބައްޓަން ރީތިކުރުމަށް ފޭސް ލިފްޓް ޓޭޕާއި ސްކޮޗް ޓޭޕް ބޭނުންކުރާނެ ގޮތްތަކުގެ އިތުރުން، މޭކަޕްގެ ކުރިން މޫނުގެ ދުޅަހެންވުން ކަނޑުވައި ހަންގަނޑު ތައްޔާރުކުރުމަށް އައިސް ކިއުބް ރޯލްކުރުން ހިމެނެ އެވެ.
މީގެ އިތުރުން، ތެޔޮ ހަންގަނޑު ހުންނަ މީހުން މޭކަޕް ދާހިއްލުމުން ސަލާމަތްކުރުމަށް "މިލްކް އޮފް މެގްނީޝިއާ" ޕްރައިމާއެއްގެ ގޮތުގައި ބޭނުންކުރުމާއި، ފައުންޑޭޝަންގެ ކަވަރޭޖް ރަނގަޅުކުރުމަށް އޭގެ ތެރެއަށް ސެޓިން ޕައުޑާ ކުޑަކޮށް އެއްކޮށްލުން ހިމެނެ އެވެ.
އަދި ބިއުޓީ ބްލެންޑާ ފެނުގެ ބަދަލުގައި "މެކް ފިކްސް ޕްލަސް" ސްޕްރޭއިން ތެންމާލައިގެން ބޭނުންކުރުމާއި، ތުންފަތް ބޮޑުކޮށް ދެއްކުމަށް ބްރޮންޒާ ބޭނުންކޮށްގެން ކޮންޓޯ ކުރުމުގެ އިތުރުން، މޭކަޕް ގިނައިރު ލޮކްކޮށްފައި ބެހެއްޓުމަށް ސެޓިން ސްޕްރޭ އާއި ފިކްސިން ސްޕްރޭ އެއްކޮށް ބޭނުންކުރާނެ ގޮތުގެ ސިއްރުތައްވެސް ހްރޫޝް ވަނީ ތިލަކޮށްލަދީފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;