އޭނާ ބުނި ގޮތުގައި، ދުވަހުން ދުވަހަށް ކުރާ ކުދިކުދި އާދަތަކަށް ވަގުތު ހޭދަކުރުމުން، ދިރިއުޅުމުގެ އާންމު ރޫޓިން ފަސޭހަވެ، މާ ބޮޑު މޭކަޕަކާ ނުލައި "ކްލީން ގާލް" އެސްތެޓިކް ލުކް އެއް ހޯދައިދެ އެވެ.
އެލިސަން ހިއްސާކުރި 10 އުކުޅުގެ ތެރޭގައި، މޫނުގެ ދުޅަހެންވުން ކަނޑުވައިދޭ "ގުއާ ޝާ" ބޭނުންކުރުމާއި، ހަންގަނޑު އޮމާންކުރުމަށް "ޑްރައި ބްރަޝް" ކުރުމުގެ އިތުރުން، ގޭގައި ހުރެގެން އައިޕީއެލް ލޭޒާ ބޭނުންކޮށްގެން އިސްތަށި ބޭލުން ހިމެނެ އެވެ. އަދި ހަންގަނޑަށް އެންމެ ގުޅޭ ޕްރޮޑަކްޓްތަކެއް ބޭނުންކޮށްގެން ގަވާއިދުން ސްކިންކެއާ ކުރުމާއި، ބޯލޭޒާރުން ބޯ މަސާޖުކުރުމާއި، ރަނގަޅަށް ބްލޯ ޑްރައިކުރުމުން އިސްތަށިގަނޑު ހަލާކުވުމުން ސަލާމަތްކޮށްދެ އެވެ.
މީގެ އިތުރުން ދަތް ދޮވުމުގެ ހާއްސަ ސްޓްރިޕްސް ބޭނުންކުރުމާއި، ރޭގަނޑު ނިދާއިރު އަނގަ ޓޭޕްކޮށްގެން ނޭފަތުން ނޭވާލާން އާދަކުރުމާއި، ރެޑް ލައިޓް ތެރަޕީ މާސްކު ބޭނުންކުރުމުގެ އިތުރުން، ކޮންމެ ދުވަހަކު 5 މިނެޓުގެ ކުޑަ މޭކަޕެއް ކުރުން ހިމެނެ އެވެ.
އެލިސަން އެންމެ ބޮޑަށް ބާރުއެޅީ، ދިރިއުޅުމުގެ ހުރިހާ ކަމެއް އެއްފަހަރާ ބަދަލުކޮށްލުމުގެ ބަދަލުގައި، މީގެ ތެރެއިން އަމިއްލައަށް ކުރަން އެންމެ ފަސޭހަ އެއްލިތާ ދެ އާދައެއް ހިޔާރުކޮށްގެން ފެށުމަށެވެ. މީގެ ސަބަބުން ކޮންމެ ދުވަހެއްގެ ރީތިވުމުގެ ކަންތައްތައް މާ ފަސޭހަވެ، އަބަދުވެސް ތާޒާކަންމަތީ ހުރުމަށް އެހީތެރިވެދޭނެ ކަމަށް އޭނާ ފާހަގަކުރި އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;