ads
އެމްއައިޓީއާ ގުޅިގެން އެލިއާ އިން ކުރިއަށްގެންދާ ބޯޓު އޮޕަރޭޓަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމް ފެށުން. ފޮޓޯ/އެލިއާ
އެލިއާ އިން ބޯޓު އޮޕަރޭޓަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމް ފަށައިފި
މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ)އާ ގުޅިގެން އެލިއާ އިން 12 ވަނަ ބޯޓް އޮޕަރޭޓަރުންގެ ތަމްރީނު ޕްރޮގުރާމް ފަށައިފި އެވެ.
Advertisement

މި މަހުގެ 14 އިން 16 އަށް ކުރިއަށްގެންދާ މި ތަމްރީނު ޕްރޮގްރާމުގައި ރިސޯޓުތަކާއި، ކަނޑުދަތުރުފަތުރުގެ ހިދުމަތްދޭ ކުންފުނިތަކުގެ އިތުރުން ސަރުކާރުގެ އެކި މުއައްސަސާތަކުން ޖުމްލަ 48 ކެޕްޓަނުން ބައިވެރިވެ އެވެ.

މިއީ ރާއްޖޭގެ އުޅަނދުފަހަރު ދުއްވާ ކެޕްޓަނުންގެ ފަންނީ ގާބިލުކަމާއި އަމަލީ ހުނަރުތައް އިތުރުކުރުމަށް އެލިއާ އިން މެދުކެނޑުމެއްނެތި މި ސިލްސިލާ ކުރިއަށްގެންދާ 12 ވަނަ އަހަރެވެ.

މި ތަމްރީން ސެޝަން ފެށުމަށް މިއަދު އެލިއާ އިން މީރުމާ ހޯލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު އަހުމަދު ސައީދު ވަނީ ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތަކަށް ތައްޔާރުވުމަށް މިފަދަ ޕްރޮގުރާމެއްގެ މުހިންމުކަން ފާހަގަކުރައްވައިފަ އެވެ. 

އަދި ކަނޑުއުޅަނދުފަހަރުތައް ދުއްވާ ކެޕްޓަނުންނަކީ އެތައް ބައެއްގެ ފުރާނަ އަތްމައްޗަށް ލައިގެން ތިބޭ ބަޔަކަށް ވާއިރު، އެ ފަރާތްތަކަށް އެންމެ ފުރިހަމައަށް ތަމްރީނުތައް ދޭން ޖެހޭ ކަމަށް ވިދާޅުވި އެވެ.

your imageމިއަދު އޮތް ރަސްމިއްޔާތުގައި އެލިއާގެ ޖެނެރަލް މެނޭޖަރު އަހުމަދު ސައީދު ވާހަކަ ދައްކަވަނީ. - ފޮޓޯ: އެލިއާ

ބޯޓު އޮޕަރޭޓަރުން ތަމްރީނުކުރުމުގެ މި ޕްރޮގްރާމަކީ، މައުލޫމާތު ހިއްސާކުރުމާއި ގާބިލުކަން އިތުރުކުރުމުގެ ތެރެއިން ރާއްޖޭގެ ކަނޑުގެ ސިނާއަތް ކުރިއެރުވުމަށް އެލިއާ އިން މެދުކެނޑުމެއްނެތި ކުރަމުން އަންނަ މަސައްކަތްތަކުގެ ބައެކެވެ.

"ރާއްޖޭގައި ޔަމަހާ އިންޖީނުގެ އެކްސްކްލޫސިވް ޑިސްޓްރިބިއުޓަރުގެ ހައިސިއްޔަތުން، އެލިއާގެ އަމާޒަކީ ރައްކާތެރި އަދި ހަރުދަނާ ކަނޑުދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމަށް ބޭނުންވާ ފުރިހަމަ ތަމްރީނާއި އެހީތެރިކަން ފޯރުކޮށްދިނުން،" އެލިއާއިން ބުންޏެވެ.

ރާއްޖޭގެ ކަނޑުދަތުރުފަތުރުގެ ދާއިރާއަށް އަންނަމުންދާ ޒަމާނީ ބަދަލުތަކާ އެއްގޮތަށް، ހުނަރުވެރި އަދި ރައްކާތެރިކަމަށް އިސްކަންދޭ ކެޕްޓަނުންތަކެއް އުފެއްދުމުގައި މި ޕްރޮގްރާމް ކޮންމެ އަހަރަކުވެސް އަންނަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ.

އެލިއާއަކީ ރާއްޖޭގެ އެންމެ މަގުބޫލު އެއް އިންޖީނު ޔަމަހާ އިންޖީނުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ. އެ ކުންފުނިން ޔަމަހާއާ ގުޅިގެން ވެސް މިފަދަ އެކި ތަމްރީނުތައް ބާއްވަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;