ads
ހދ. އަތޮޅު ބޯޑަށް ހުރަސްއެޅުން އެމްޑީޕީން ކުށްވެރިކޮށްފި
އަތޮޅު ކައުންސިލްތައް އުވާލުމުން އަތޮޅުގެ ތަރައްގީއަށް ހުރިހާ ރަށެއް ބައިވެރިވެގެން މަސައްކަތް ކުރަން ހާއްސަ ބޯޑެއް އެކުލަވާލަން ހދ. އަތޮޅުން ފެށި މަސައްކަތް ހުއްޓާލަން ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އެންގި އެންގުން އެމްޑީޕީން ކުށްވެރިކޮށްފިއެވެ.
Advertisement

އެޕާޓީން ނެރުނު ބަޔާނެއްގައި ބުނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 230ވަނަ މާއްދާގެ (ހ) އާއި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު އިން ސިޓީ ކައުންސިލްތަކަށް ކަށަވަރުކޮށްދީފައިވާ ޤާނޫނީ ޝަޚްސިއްޔަތާއި، އަމިއްލަ އިހްތިސާސްގެ ތެރެއިން ނިންމާ ނިންމުންތަކަށް ދައުލަތުގެ އިދާރާތަކުން ނުފޫޒު ފޯރުވައި، އެ ނިންމުންތައް ބާތިލުކުރުމަށް މަޖުބޫރުކުރަމުންދާ ދިއުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ. 

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 38ވަނަމާއްދާ އާއި 39ވަނަމާއްދާ އަށް ރިޢާޔަތްކުރާއިރު ކައުންސިލްގެ ރަސްމީ ޖަލްސާއަކުން ފާސްކުރި ނިންމުމެއް، ސަރުކާރުން އެލް.ޖީ.އޭ ގެ މައްޗަށް ނުފޫޒު ހިންގާ، ސަރުކާރުން ބޭނުންވާ ގޮތަކަށް ކައުންސިލްތަކުގެ ނިންމުންތައް ބަދަލުކުރަން އެންގުމަކީ ޤާނޫނުގެ ބާރު ކަނޑުވާލުންކަމަށް އެމްޑީޕީން ބުނެއެވެ. 

ކައުންސިލްތަކުން ނިންމާ ނިންމުންތަކަކީ ރަށުގެ ނުވަތަ ސިޓީގެ ރައްޔިތުންގެ ވޯޓުން އިންތިހާބުކޮށްފައިވާ މަންދޫބުން، ރައްޔިތުންގެ ލާބައަށްޓަކައި ނިންމާ ނިންމުންތަކަކަށްވީ ހިނދު، ސަރުކާރުގެ ނުފޫޒުން ފޮނުވާ ސިޓީތަކުން މި ނިންމުންތައް ގަދަކަމުން ބާތިލުކުރުވަން އުޅުމަކީ، ކުޅުދުއްފުށި ސިޓީގެ ރައްޔިތުންގެ ނިންމުމަށާއި، ޖުމްލަކޮށް މުޅި ހދ. އަތޮޅު ރައްޔިތުންގެ ގޮވާލުންތަކަށާއި ޝުއޫރުތަކަށް ސަރުކާރުން ބެލުމެއް ނެތްކަން ހާމަކޮށްދޭ އަލިގަދަ ހެކިތަކެއްކަމަށް އެމްޑީޕީން ބުނެއެވެ. 

" މި ޕާޓީގެ ފަރާތުން ސަރުކާރަށާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ގޮވާލަނީ؛ ހދ. ކުޅުދުއްފުށި ސިޓީ ކައުންސިލުން 02 ޖުލައި 2026 ގައި ނިންމާފައިވާ ޤާނޫނީ ނިންމުމަށް އިޙްތިރާމްކޮށް، އެ ނިންމުން ބަދަލުކުރުމަށް ފޮނުވާފައިވާ ގައިރުޤާނޫނީ އެންގުން ވަގުތުން އަނބުރާ ގެންދިއުމަށާއި، ލާމަރުކަޒީ ގާނޫނުގެ 58 ވަނަ މާއްދާއިން އެލް.ޖީ.އޭ އަށް ލިބިދީފައިވާ ބާރު ބޭނުންކުރަންވާނީ ޤާނޫނު އަސާސީއާއި ޤާނޫނުގެ ތަރަހައިގެ ތެރެއިންކަމަށްވީ ހިނދު ސިޓީ ކައުންސިލްތަކަށް ލިބިދީފައިވާ މިނިވަންކަމާއި ބާރުތަކަށް ހުރަސް އެޅުން ވަގުތުން ހުއްޓާލުމަށާއި، ސިޓީތަކާއި ރަށްރަށުގެ ތަރައްޤީއަށާއި ރައްޔިތުންގެ މަންފާއަށް ކައުންސިލްތަކުން ކުރާ މަސައްކަތްތަކަށް ސިޔާސީ ނުފޫޒު ފޯރުވުން ހުއްޓާލުމަށް." އެމްޑީޕީން ނެރުނު ބަޔާނުގައިވެއެވެ. 

އެމްޑީޕީން ބުނީ އެ ޕާޓީ އިންޤަބޫލު ކުރާ ގޮތުގައި ޤާނޫނުއަސާސީގެ 8 ވަނަ ބާބުގައި ތަސައްވަރުކުރާ ލާމަރުކަޒީ ނިޒާމެއް އެންމެ ފުރިހަމައަށް ހިންގޭނީ މުޅި އަތޮޅުގެ ރަށްތައް އެއްކޮށްލައިގެން، ރައްޔިތުންގެ ބައިވެރިވުމާއިއެކު ހިންގޭ ބާރުގަދަ އަތޮޅު ކައުންސިލެއް އޮވެގެންކަމށެވެ. އަދި ޒަމާނުއްސުރެ ދިވެހިރާއްޖޭގެ އިދާރީ ހިންގުން ބަހާލާފައި އޮތީ އިދާރީ އަތޮޅު ތަކެއްގެ މައްޗަށްކަމަށާއި މިއިން ކޮންމެ އަތޮޅަކީ ވަކި އިދާރީ، އިޤްތިސާދީ، އިޖްތިމާއީ އަދި ސަޤާފީ ޔުނިޓެއްކަމުން އަތޮޅު ކައުންސިލްގެ ދިފާއުގައި ކުޅުދުއްފުއްށީ ސިޓީ ކައުންސިލްގެ އިސްނެގުމަށް މަރުހަބާ ކިޔާކަމަށް އެމްޑީޕިން ބުނެއެވެ، 

" ދެން އުފެދޭ އެމް.ޑީ.ޕީ ސަރުކާރެއްގައި އަތޮޅު ކައުންސިލްތައް އަލުން އިޔާދަކޮށް ފުރިހަމަ ލާމަރުކަޒީ ނިޒާމެއް ހިންގުމަށް ޑރ. މުއިއްޒުގެ ސަރުކާރުން ހުރަސް އަޅާ ޤާނޫނުތަކަށް ގެނަސްފައިވާ އެންމެހާ ބަދަލުތައް އިހު އޮތްގޮތަށް އިޔާދަކުރާނެ ކަމުގެ ޔަޤީން ކަން ރާއްޖޭގެ ރައްޔިތުންނަށް އަރުވަމެވެ" އެމްޑީޕީން ނެރުނު ނޫސް ބަޔާނުގައިވެއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;