ads
ބޭރުމަގުގައި ތާރު އެޅުމުގެ މަސައްކަތް ކުރަނީ
ބޭރުމަގުގައި މާދަމާ ތާރު އަޅާ ނިމޭނެ: އެމްޓީސީސީ
ބޮޑުތަކުރުފާނު ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތުގެ ދަށުން އެމަގުގެ މިހާރު ހަދަމުން އަންނަ ބައިގައި އެއްކޮށް މާދަމާ ތާރު އަޅާ ނިމޭނެކަމަށް އެމްޓީސީސީން ބުނެޕފިއެވެ.
Advertisement

ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު މަސައްކަތް ކުރަމުން އަންނަނީ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް އޮތް ސަރަހައްދުގައެވެ. އެ މަސައްކަތް ފެށީ މާރިޗު މަހުގެ 24 ވަނަ ދުވަހު އެވެ. 

އެ މަސައްކަތުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ފޮރިން މިނިސްޓްރީއާ ހަމައަށް މިދިޔަ ބުދަ ދުވަހުގެ ރޭ ވަނީ ތާރު އަޅާ ނިންމާފައެެވެ. 

އެމްޓީސީސީން މިއަދު ބުނީ މަގުގެ ބާކީ އޮތް ބައިގައި ތާރު އެޅުމުގެ މަސައްކަތް މާދަމާ ނިންމާލުމަށް ތާވަލްކޮށްފައިވާކަމަށެވެ. އެއާއި އެކު މުޅި މަޝްރޫއުގެ މަސައްކަތް ނިމުމާ ގާތްވެފައިވާ ކަމަށްވެސް އެމްޓީސީސީން ބުނެއެވެ. 

your imageބޭރުމަގުގައި ތާރު އެޅުމުގެ މަސައްކަތް ކުރަނީ

ބޮޑުތަކުރުފާނު މަގު ފުޅާކުރުމުގެ މަޝްރޫއުގެ ތެރެއިން ބީއެމްއެލްގެ ހެޑް އޮފީސް ކުރިމަތީ ފަޅުން އިތުރަށް ބޮޑު ބައެއް ހިއްކާ އެ ތަނުގައި ޕާކިން ޒޯނެއް ހެދުމަށް ވެސް ވަނީ ނިންމާފައެވެ.

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތުގެ ދަށުން މިހާރު ހަދަމުން އަންނަ ސަރަހައްދުގެ މަސައްކަތް އެއްކޮށް ނިންމާ އަންނަ މަހުގެ 26 އަށް ހުޅުވުމަށް އެމްޓީސީސީން އަންނަނީ މަސައްކަތް ކުރަމުންނެވެ. 

ބޮޑުތަކުރުފާނު މަގު ތާރު އަޅައިގެން އަލުން ހެދުމަށް ކުރިއަށްގެންދާ މި މަޝްރޫއުގައި، އެންމެ ފުރަތަމަ ނިންމީ ޖުމްހޫރީމައިދާން ކައިރިން މާރުކޭޓާއި ރަސްމީ ފާލަމާ ދެމެދު، ފަޅުތެރެއިން ބައެއް ހިއްކައިގެން، ހަތަރު ލޭނަށްވާ ގޮތަށް މަގު ފުޅާކޮށް ތާރު އަޅައިގެންނެވެ.  

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;