ads
އުރީދޫ މަސްރޭސް - ފައިލް ފޮޓޯ:އުރީދޫ
އުރީދޫ މަސް ރޭހުގައި ބައިވެރިވާން ހުޅުވާލައިފި، މިފަހަރު މާފުށީގައި
އުރީދޫ މޯލްޑިވްސް އަދި މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސްއާ ގުޅިގެން އުރީދޫ މަސްރޭސް 2026 މި އަހަރު ވެސް ބޭއްވުމަށް ހަމަޖެހިފައިވާކަން އިއުލާނުކޮށްފި އެވެ.
Advertisement

ޖުމްލަ 43,000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހެޅިފައިވާ މި މުބާރާތް މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޮގަސްޓް މަހުގެ 7 ވަނަ ދުވަހު ކ. މާފުށީގަ އެވެ.

އުރީދޫން ބުނީ މަސްރޭހުގައި ފުރުސަތު ދޭނީ ގިނަވެގެން 20 ޓީމަށް ކަމަށެވެ. އެހެންވެ، 20 ޓީމަށް ވުރެ އިތުރުވާނަމަ، ފުރުސަތު ދޭނީ ފުރަތަމަ ރަޖިސްޓްރޭޝަން ފުރިހަމަކޮށް، ފައިސާ ދެއްކި 20 ޓީމަށް ކަމަށް އުރީދޫން ބުންޏެވެ.

މިއަހަރުގެ މަސް ރޭހަށް ވެސް އުރީދޫން ވަނީ ފައިސާގެ އިނާމު ހުށަހަޅައިފަ އެވެ. އެގޮތުން އެއް ވަނައަށް 25،000ރ. ގެ ފައިސާގެ އިނާމެއް ހުށަހަޅާފައި ވާއިރު ދެވަނަ އަށް 10،000ރ. އަދި ތިން ވަނަ އަށް 5،000ރ. ވަނީ ހުށަހަޅައިފަ އެވެ. އޭގެ އިތުރުން އެންމެ މޮޅު އަންހެން އަދި ފިރިހެން މަސްވެރިޔާއަށް 1،000ރ. ގެ ފައިސާގެ އިނާމާއި އެންމެ ބަރު މަސް ބާނާ މީހަކަށް 1،000ރ. ވަނީ ހުށަހަޅައިފަ އެވެ.

އުރީދޫން ބުނީ ރެޖިސްޓާކުރުމަށް 12 މީހުން ހިމެނޭ ޓީމެއް ހެދުމަށްފަހު އޮންލައިކޮށް ވެސް ފޯމް ފުރޭނެ ކަމަށެވެ. އަދި އެ ރޭހުގައި ބައިވެރިވުމަށް ފޯމު ހުށައެޅޭނީ މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށެވެ.  

އުރީދޫ މަސްރޭހަކީ ހަމައެކަނި މުބާރާތަކަށް ވުރެ ބޮޑު ފެށުނީއްސުރެ ވެސް މަސްވެރިކަމުގެ އުފާވެރިކަމުގެ ތެރެއިން އެއްބައިވަންތަކަމުގެ ރޫހު އާލާކުރުވާ އަދި މުޖުތަމައުތަކުގެ ހިތްތަކުން ޖާގަ ހޯދާފައިވާ ހަރަކާތެއް ކަމަށް އުރީދޫން ބުންޏެވެ.

  • އުރީދޫ މަސްރޭސް 2026 ގައި ރަޖިސްޓްރީވުމަށް، ޒިޔާރަތްކުރުން: http://ore.do/masrace2026
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;