ads
ޖޭއެސްސީގެ ރައީސް ހުސްނީ މުބާރަކު
ޖޭއެސްސީން ބޭނުންވީމާ އިސްފަނޑިޔާރު ވަކިކުރެވޭ ގޮތަށް ގަވައިދު ހަދައިފި
ފަނޑިޔާރުންގެ ކަންކަން ރެގިއުލޭޓް ކުރާ މުއައްސަސާ، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބޭނުންވެއްޖެ ނަމަ ކޯޓުތަކުގެ އިސް ފަނޑިޔާރުން ވަކިކުރެވޭ ގޮތަށް ގަވާއިދެއް ހަދައި ގެޒެޓްކޮށްފިއެވެ.
Advertisement

ޖޭއެސްސީން ގެޒެޓްކުރި ގަވާއިދުގައިވާ ގޮތުން، ކޯޓުތަކަށް އައްޔަންކުރާ އިސް ފަނޑިޔާރުން ކޯޓުތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި އެ މަގާމުން ދުރުކުރަންޖެހޭ ކަމަށް ޖޭއެސްސީއަށް ފެނިއްޖެ ނަމަ އެ މަގާމުން އެ ފަނޑިޔާރަކު ދުރުކުރުމުގެ ބާރު އެ ކޮމިޝަނަށް ލިބިގެންވެއެވެ. 

މިހާތަނަށް އެކަން އޮންނަނީ، އިސް ފަނޑިޔާރަކު އަމިއްލައަށް އެ މަގާމުން ވަކިވުމުން ނޫނީ މަގާމު ގެއްލޭ ގޮތަކަށް ނޫނެވެ. އެހެން ނޫނީ ޖެހޭނީ އެ މީހަކު ފަނޑީޔާރުކަމުން ވަކިކުރާށެވެ. ފަނޑިޔާރުކަމުން ވަކިކުރެވޭނީ މަޖިލީހަށެވެ.

އިސްފަނޑިޔާރުން ވަކިކުރުމުގެ ބާރު، ޖޭއެސްސީން ނެގިއިރު، އިސްފަނޑިޔާރުން އައްޔަން ކުރަނީވެސް ޖޭއެސްސީންނެވެ. ޖޭއެސްސީ އިން އެފަދަ ގަވާއިދެއް ހެދިއިރު، އެ ކޮމިޝަން އެކުލެވިގެންވާ ގޮތުން ސަރުކާރަށް އޮތީ ކޮންޓްރޯލް ލިބިފަ އެވެ. ސަރުކާރުން ބޭނުންވި ގޮތަށް، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު މަގާމުން ވަކި ކުރުމުގައި ވެސް ޖޭއެސްސީ އިން ބޮޑު ރޯލެއް ކުޅުނެވެ. 

ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމު ހަރުދަނާކުރުމަށްޓަކައި ކޯޓުތަކާއި ފުލުހުންގެ މުއައްސަސާއަކީ ސީދާ ރައްޔިތުންގެ ބައިވެރިވުން އޮންނަ، ރައްޔިތުންގެ އިތުބާރު ލިބިފައިވާ ތަންތަނަށް ހެދުމަކީ މިއަދު ގައުމަށް ބޭނުންވެފައިވާ މުހިންމު ބަދަލެކެވެ. 

"އެދޭ ރާއްޖެ" ހަރަކާތުން މިފަހުން ވަނީ ފުލުހުންގެ އިދާރާގެ އިސްވެރިންނާއި ކޯޓުތަކުގެ ފަނޑިޔާރުންގެ އުޅުމާއި އަހްލާގު އިސްލާހު ކުރުމަށް މި ދެ މުއައްސަސާއަށް ގެންނަންވީ ބަދަލުތަކެއް ރައްޔިތުންގެ ހިޔާލަށް ދޫކޮށްލާފަ އެވެ. 

އެގޮތުން ގާނޫނުއަސާސީން ތަސައްވުރުކޮށްފައިވާ މިނިވަން، މުސްތަގިއްލު ޝަރުއީ ދާއިރާއެއް ކަށަވަރުކޮށްދިނުމަށް އެދޭ ރާއްޖެ ކަރުދާހުގައިވާ ހުށައެޅުމަކީ ސުޕްރިމް ކޯޓު ފަނޑިޔާރުންނާއި ޕޮލިސް ކޮމިޝަނަރާއި ޕްރޮސިކިއުޓަރު ޖެނެރަލާއި ބަންޑާރަ ނައިބާއި އޮޑިޓަ ޖެނެރަލުގެ މަގާމަށް މީހުން އައްޔަނު ކުރުމުގައި މަދަނީ މުޖުތަމައުގެ ހުށަހެޅުންތަކަށް ބިނާކޮށް ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ހުރިހާ ސިޔާސީ ޕާޓީއަކުން އެއްބަސްވެ، ރައްޔިތުންގެ މަޖިލީހުގެ މަތިގޭގެ ރުހުން ދޭ މީހުންނާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ރުހުން ލިބިގެން މަގާމަށް އައްޔަނު ކުރާ ގޮތަށް ކަނޑައަޅައި އަދި ވަކި ކުރުމުގައި ވެސް ފެންނަ ނުފެންނަ ވޯޓް ނަގާ ގޮތަށް ހަމަޖެއްސުމަށް

ނަތީޖާ:

ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ ސިޔާސީ ނުފޫޒުން ސުޕްރިމް ކޯޓުގެ ފަނޑިޔާރުންނާއި ޕޮލިސް ކޮމިޝަނަރާއި ޕްރޮސިކިއުޓަރު ޖެނެރަލް އާއި ބަންޑާރަ ނައިބާއި އޮޑިޓަ ޖެނެރަލް މިނިވަންވެ، ރައްޔިތުންގެ ހައްގުތަކާއި ދައުލަތުގެ ރައްކާތެރިކަން ކަވަރުވުން

ޝަރުއީ ދާއިރާ އާއި ފުލުހުންގެ އިދާރާގެ މިނިވަންކަން ކަށަވަރުވުމަކީ އެ ދާއިރާއަށް ރައްޔިތުންގެ އޮންނަ އިތުބާރު ބޮޑުވެގެންދާނެ ކަމެކެވެ. ކޯޓުތަކާއި ފުލުސް އޮފީހަކީ ހަމައެކަނި ވަކި ބަޔަކަށް އިންސާފު ހޯދައިދޭ ތަންތަނުގެ ބަދަލުގައި، އާންމު ރައްޔިތު މީހާއަށްވެސް ހަމަހަމަކަމާއެކު އިންސާފު ލިބޭނެ ތަންތަންކަމުގެ ޔަގީންކަން އޮންނަންޖެހެ އެވެ.

މީގެ އިތުރުން އަދުލުވެރި މިނިވަން ފަނޑިޔާރުގެއެއް ގާއިމް ކުރަން "އެދޭ ރާއްޖޭ"ގެ ކަރުދާހުގައިވަނީ ޖޭއެސްސީ އެކުލެވިގެންވާ ގޮތަށް ބަދަލު ގެނައުމަށް ވެސް ހިޔާލު ހުށައަޅައިފަ އެވެ. އެގޮތުން:

  • ފަނޑިޔާރުންނަށް މަގާމުތަކަށް އާދެވޭނެ ގޮތް ދުރާލައި އެނގޭނެ ލިޔެވިފައިވާ ގޮތްތަކެއް ކަނޑައަޅައި، ޖުޑީޝަލް ސާވިސް ކޮމިޝަނުން ސިޔާސީ ނުފޫޒު ބޭރު ކުރުމަށް ކޮމިޝަން އެކުލަވާލާފައިވާ ގޮތް ބަދަލުކުރުން. މިގޮތުން ރައީސުލްޖުމްހޫރިއްޔާއަށާއި، މަޖިލީހަށް ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވުމުގެ ދޮރުތައް ބަންދު ކުރުން.

ނަތީޖާ: 

ފަނޑިޔާރުގެ ނުފޫޒުން މިނިވަން ކުރެވިއްޖެނަމަ ގައުމުގައި ސިޔާސީ، އިޖުތިމާއި އަދި އިގްތިސާދީ އަދުލު ގާއިމް ކުރެވި، ސަރުކާރު ހިންގަން ތިބޭ ފަރާތްތަކަށް ގާނޫނުއަސާސީގެ ނިޒާމު ކިލަނބު ކުރުމުގެ ދޮރުތައް ބަންދުވެގެންދާނެ އެވެ. މިކަމުގެ ސަބަބުން އިޖްތިމާއީ އަދުލު ގާއިމް ކުރުމަށް މަގު ފަހި ވެގެން ދާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;