އާސަންދަ ކުންފުނީގެ އޮފިޝަލަކު މިއަދު ވިދާޅުވީ އަމްރިތާ ހޮސްޕިޓަލުން އާސަންދައިގެ ހިދުމަތް އެއްކޮށް މެދުކަނޑާނުލާ ކަމަށާއި މިހާރު ވެސް އެ ހޮސްޕިޓަލުން ފަރުވާ ހޯދާ ބަލިމީހުންނަށް ހިދުމަތް ލިބޭނެ ކަމަށެވެ.
އޭނާ ބުނީ ކޮޗިންގައި ހުންނަ ހޮސްޕިޓަލާ އެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އާ ކޭސްތަކުގައި ހިމެނޭ މީހުން އެ ހޮސްޕިޓަލަށް ނުފޮނުވަނީ ކަމަށެވެ. ނަމަވެސް އެއްބަސްވުން އާވިހާ އަވަހަކަށް އަލުން އެ ހޮސްޕިޓަލުން ފަރުވާ ހޯދާ ބަލިމީހުން ފޮނުވާނެ ކަމަށެވެ.
މީގެ ކުރިން ވެސް ރާއްޖެއިން ބޭރުގެ ބައެއް ހޮސްޕިޓަލްތަކުން ވަގުތީ ގޮތުން އާސަންދައިގެ ހިދުމަތް މެދުކެނޑުމުގެ ހާލަތްތައް ދިމާވެފައި ވެއެވެ. ދިވެހިރާއްޖޭގެ ސިއްހީ ނިޒާމުގެ ތެރެއިން، ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު ވެސް އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ރާއްޖެއިން ބޭރުގެ ހޮސްޕިޓަލްތަކުން ފަރުވާ ހޯދުމަށް އަންނަނީ ހަރަދުކުރަމުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;