ads
އުރީދޫން ވަށްމާފުށީގެ ދަތުރަކާއި ޒިޕްލައިންގެ ތަޖުރިބާއެއް ދެނީ
އުރީދޫއިން މިދެނީ ޒިޕްލައިން ދުއްވާލާ ވަށްމާފުށްޓަށް ދަތުރުދާނެ ފުރުސަތު!
އުރީދޫ މޯލްޑިވްސް އިން ވަށްމާފުށި އަދި ޒިޕްލައިން އެމްވީއާ ގުޅިގެން ސޯޝަލް މީޑިއާގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
Advertisement

މި ޕްރޮމޯޝަނަކީ އުރީދޫގެ ކަސްޓަމަރުންނާއި މީސް މީޑިއާ ފޮލޯވަރުންނަށް، ރާއްޖޭގައި ތަޖުރިބާކޮށްލެވޭނެ އެންމެ ތަފާތު އެއް ހަރަކާތް ތަޖުރިބާކޮށްލުމުގެ ފުރުސަތު ދިނުމަށާއި، އާއިލާ ނުވަތަ ރައްޓެހިންނާއެކު ހަނދާންތަކެއް އާކުރުމުގެ ފުރުސަތު ހޯދައިދިނުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ.

މި ދަތުރުގެ އިނާމުތަކުގެ ތެރޭގައި ހިމެނެނީ:

  • ވަށްމާފުށީގައި ހަތަރު މީހަކަށް ހުރިހާ ހަރަދެއް ހިމެނޭ ގޮތަށް މުޅި ދުވަހުގެ ބީޗް ޕިކްނިކެއް
  • ޒިޕްލައިން އެމްވީއާއެކު ފޯރިގަދަ ޒިޕްލައިން ހަރަކާތެއް ތަޖުރިބާކޮށްލުން
  • މާފުށިން ދިއުމާއި އެނބުރި އައުމުގެ ދަތުރުފަތުރުގެ އިންތިޒާމު

މި ހަރަކާތުގައި ބައިވެރިވުމަކީ ވަރަށް ފަސޭހަ ކަމެކެވެ. ބައިވެރިވުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކަކީ:

  • ސޯޝަލް މީޑިއާގައި އުރީދޫ މޯލްޑިވްސް، ވަށްމާފުށި އަދި ޒިޕްލައިން އެމްވީ ފޮލޯކުރުން
  • މި ދަތުރުގައި ގެންދަން ބޭނުންވާ ތިން ރައްޓެހިން ޓެގްކުރުން
  • ޕްރޮމޯޝަންގެ ޕޯސްޓް ޝެއާކުރުން

ގިވްއަވޭ ލިބޭ ނަސީބުވެރިއަަކަށް، އިތުރު ތިން މީހަކާ އެކު، މި ދަތުރު ދިއުމުގެ ފުރުސަތު ލިބޭނެ އެވެ. 

ގިވްއަވޭގައި ބައިވެރިވެވޭނީ މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ. 

އުރީދޫ މޯލްޑިވްސްއިން ދަނީ ކަސްޓަމަރުންނަށް ފޯރިގަދަ އަދި ތަފާތު ތަޖުރިބާތަކެއް ފޯރުކޮށްދެމުންނެވެ. އަދި މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ހިތްގައިމު މުނިފޫހިފިލުވުމާއި އެޑްވެންޗާ ފުރުސަތުތައް ދައްކާލުމަށް ލިބޭ ފުރުސަތެއް ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;