ރައީސް އޮފީހުން މިއަދު ބުނީ، އެ ބައްދަލުކުރެއްވުން ނުބާއްވަން ނިންމެވީ ހަރަދު ކުޑަކުރުމުގެ ގޮތުން ކަމަށެވެ. ފާއިތުވި ދެ އަހަރު ވެސް ހަރަދު ކުޑަކުރުމުގެ ގޮތުން އެ ހަރަކާތް ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ.
އެ ބައްދަލުވުން ނުބޭއްވި ނަމަވެސް މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާ، މިނިވަން ދުވަސް ކަމަށްވާ 26 ޖުލައިގެ ހެނދުނު 9 ޖަހާއިރު ސޯޝަލް ސެންޓަރުގައި އޮންނާނެ އެވެ. އެ ޖަލްސާގައި ރައީސް މުއިއްޒު ގައުމާ މުހާތަބުކުރައްވާނެ އެވެ.
މިނިވަން ދުވަހާ ގުޅުވައި ހަރަދު ކުޑަ ކުރުމުގެ ފިޔަވަޅެއް ރައީސް އިއުލާންކުރެއްވިއިރު، މި އަހަރަކީ ރާއްޖޭން 1.1 ބިލިއަން ޑޮލަރުގެ ދަރަނި ދައްކަން ޖެހޭ އަހަރެކެވެ. އެހެންކަމުން، ދައުލަތުގެ ހަރަދުތައް ކުޑަ ކުރުމަށް ބޭރުގެ އިދާރާތަކުން އަންނަނީ މިދިޔަ އަހަރުން ފެށިގެން ގޮވާލަމުންނެވެ.
ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން މިދިޔަ އަހަރު ވެސް މިނިވަން ދުވަހުގެ ރަސްމީ ބައްދަލުކުރެއްވުން ނުބާއްވަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;