ads
ފެނަކަ
ބައެއް ސްކޫލްތައް އޭސީކުރެވެން އޮތީ ރަށުގެ ކަރަންޓު ނެޓްވޯކް ރަނގަޅު ކޮށްގެން: ފެނަކަ
"ކޫލް ސްކޫލް" ޕްރޮޖެކްޓްގެ ދަށުން ބައެއް ސްކޫލްތައް އޭސީކުރެވެން އޮތީ ރަށުގެ ކަރަންޓު ނެޓްވޯކް ރަނގަޅު ކޮށްގެން ކަމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފް ވިދާޅުވެއްޖެ އެވެ.
Advertisement

ސަރުކާރު ހުރިހާ ސްކޫލެއްގެ ކްލާސްރޫމުތަކާއި ހޯލްތައް ދެ އަހަރުގެ ތެރޭގައި އޭސީކުރަން ނިންމައި "ކޫލް ސްކޫލް" ޕްރޮޖެކްޓް 2024 ވަނަ އަހަރުގެ ޖޫން މަހު ފެށި ނަމަވެސް، ފެނަކައާ ހަވާލުކޮށްފައިވާ އެ މަސައްކަތުން މިހާތަނަށް ނިމިފައި ވަނީ 61 ޕަސެންޓު ސްކޫލްގެ މަސައްކަތް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިދިޔަ އަންގާރަ ދުވަހު ވަނީ ވިދާޅުވެފަ އެވެ.

ޖުމްލަ 217 ސްކޫލެއްގައި ކުރިއަށްގެންދާ ކޫލްސްކޫލް ޕްރޮޖެކްޓްގެ 61 އިންސައްތަ ސްކޫލުގެ މަސައްކަތް މިހާތަނަށް ނިމިފައިވާއިރު، މިހާރު ކުރިއަށްދަނީ މަސައްކަތް ނުނިމި ހުރި ސްކޫލްތަކުގެ ކަރަންޓުވިއުގަ އަޕްގްރޭޑްކުރުމުގެ މަސައްކަތްކަމަށެވެ. 

ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި، އެ މަސައްކަތް ކުރިއަށްދާ ގޮތާ ގުޅޭގޮތުން ސުވާލުކުރުމުން އަފީފް ވިދާޅުވީ ސްކޫލުތައް އޭސީ ކުރުން ވެފައި ވަނީ ވަރަށް ބޮޑު ގޮންޖެހުމަކަށް ކަމަށެވެ.

މަސައްކަތް ލަސްވަނީ އެކަމަށް ބޭނުންވާ ކޭބަލް ފަދަ ތަކެތި ރާއްޖެއިން ބޭރުން ގެންނަން ޖެހުމާއި އެ ތަކެތީގެ ކޮލިޓީ ބެލުމަށް ފެނަކައިން ބަޔަކު ބޭރަށް ދާން ޖެހޭތީ ކަމަށް ވެސް އަފީފް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ރަށްރަށުގެ ސްކޫލުތަކުގައި އެއާކޮންޑިޝަން ހަރުކުރަން ބަލާއިރު އެ ސަރަހައްދެއްގެ ހުރިހާ ކްލާސްރޫމަކަށް ބޭނުންވާ އޭސީ ހަރުކުރަން ބޭނުންވާ ވަރުގެ ނެޓްވޯކެއް ނެތް. އަޅުގަނޑުމެންނަށް އެ ނެޓްވޯކް ފުޅާކުރެވޭނެ ގޮތެއް ވެސް ނެތް،" އަފީފް ވިދާޅުވި އެވެ.

ސަރުކާރު ހުރިހާ ސްކޫލެއްގެ ކްލާސްރޫމުތަކާއި ހޯލްތައް ދެ އަހަރުގެ ތެރޭގައި އޭސީކުރަން ނިންމައި "ކޫލް ސްކޫލް" ޕްރޮޖެކްޓެއް އިފްތިތާހު ކުރީ 2024 ވަނަ އަހަރުގެ ޖޫން މަހު އެވެ. ސްކޫލްތަކަށް ބޭނުންވާ އޭސީތައް ހޯދައި އެ ޕްރޮޖެކްޓް ނިންމަން ފެނަކަ އަށް ހަވާލުކުރީ 54 މިލިއަން ރުފިޔާ އަށެވެ. 

މި މަސައްކަތް ކުރިން ބުނި ތާރީހުތަކަށް ނުނިމުނިއިރު ސަރުކާރުގެ މިހާރުގެ އަމާޒަކީ އަންނަ ޓާމު ފެށުމުގެ ކުރިން ހުރިހާ ސްކޫކެއް އޭސީކޮށް ނިންމައި ބޭނުންކުރަން ފެށުމެވެ. 


100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;