ފުލުހުން ބުނީ ދަރުބާރުގެ ކައިރީގައި ސައިކަލަކާއި ލޮރީއެއް ޖެހި އެކްސިޑެންޓުވެފައިވާ މައްސަލައެއް މިއަދު ހަވީރު ހަތަރެއް ޖަހާކަން ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި އެ ހާދިސާގައި މަރުވެފައި ވަނީ:
އިބްރާހީމް ނާސިހު، ހމ. ގޯތި ނަންބަރު 20054 (ގްރީންޕީކް)، މާލެ، 39އ.
އޭނާ މަރުވެފައި ވަނީ ލޮރީ ދަށުވެގެންކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށް ފުލުުހުން ބުނި
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިހާތަނަށް ބެލިބެލުމުން ނާސިހު މަރުވީ ޓްރެއިލާ ލޮރީ ދަށުވެގެން ކަން އެނގިފައިވާ ކަމަށެވެ.
އަދި ލޮރީގެ ދަށުވާން މެދުވެރިވީ އެ އުޅަނދުގައި ޖެހި، އެކްސިޑެންޓުވެގެން ކަމަށް ނުބެލެވޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލަ ތަހުގީގުކުރާތީ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;