ads
ރާގަވް އަދި ސެހެނާޒް
ރާގަވް އަދި ސެހެނާޒް އުޅެނީ ރައްޓެހިވެގެންތަ؟
އިންޑިއާގެ ޓީވީ ތަރި ޝެހެނާޒް ގިލް އާއި ނެށުންތެރިޔާ އަދި އެކްޓަރު ރާގަވް ޖުޔަލް ލޯބީގެ ގޮތުން އުޅޭ ކަމުގެ ހަބަރު މީޑިއާގައި ފެތުރެން ފަށައިފި އެވެ.
Advertisement

މި އަޑުތައް މިފަހަރު ގަދަވީ އިންޑިއާގެ މުމްބާއީގައި މިދިޔަ ހަފުތާ ބަންދުގައި ބޭއްވި ރާގަވްގެ އުފަންދުވަހުގެ ޕާޓީ ނިންމާލުމަށް ފަހު، އެ ދެމީހުން އެކުގައި ބޭރަށް ނުކުންނަ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވުމާއި އެކުގައި ކަމަށް މައުލޫމާތު ލިބެ އެވެ. 

ޕާޓީ އޮތް ތަނުން ނުކުމެގެން ކާރަށް އެރިއިރު ޝެހެނާޒް ހުރީ ރާގަވްގެ އަތުގައި ހިފަހައްޓާލައިގެން ކަމަށާއި ދެމީހުން އެތަނުން ދިޔައީ ވެސް އެއް ކާރެއްގަ ކަމަށް އެ ވީޑިއޯއިން ފެނެ އެވެ. 

ޝެހެނާޒް އާއި ރާގަވްގެ ލޯބީގެ ވާހަކަތައް އެންމެ ފުރަތަމަ ދެކެވެން ފެށީ 2023 ވަނަ އަހަރު ސަލްމާން ހާންގެ ފިލްމު "ކިސީ ކާ ބާއީ ކިސީ ކީ ޖާން"ގެ މަސައްކަތް އެކުގައި ކުރި ދުވަސްވަރެވެ.

އެ ފިލްމުގެ ޕްރޮމޯޝަން އިވެންޓެއްގެ ތެރެއިން ސަލްމާން ވެސް ވަނީ އެ ދެމީހުންގެ މެދުގައި ހާއްސަ "ކެމިސްޓްރީއެއް" އޮތް ކަމަށް އިޝާރާތްކޮށް ވާހަކަދައްކައިފަ އެވެ.

މި ވާހަކަތަކާ ގުޅިގެން ރާގަވް މީގެ ކުރިން މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ އޭނާއަކީ ސިންގަލް މީހެއް ކަމަށާއި މިވަގުތު ސަމާލުކަން ދެނީ އޭނާގެ އެކްޓިން ކެރިއަރަށް ކަމަށެވެ. އަ

ދި އިންޓަނެޓުގައި ދެކެވޭ މިފަދަ ހަގީގަތެއް ނެތް ވާހަކަތަކަށް ވަގުތު ދޭން ބޭނުންނުވާ ކަމަށް ވެސް އޭނާ ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;