ads
އެލްޖީއޭގެ ބައްދަލުވުމެއްގެ ތެރެއިން
އެލްޖީއޭގެ ބޯޑުގެ އިންތިހާބު އޮގަސްޓް 8ގައި، ކުރިމަތިލާން ހުޅުވައިލައިފި
ލޯކަލް ގަވާމަންޓް އޮތޯރިޓީގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބު އަންނަ އޮަސްޓްމަހު ބާއްވަން ނިންމާ އިންތިހާބަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.
Advertisement

އެލްޖީއޭއިން ބުނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު ދަށުން ލޯކަލް ގަވާމަންޓް އޮތޯރިޓީގެ ބޯޑަށް، ސިޓީ ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިހާބުކުރާ އެއް މެމްބަރަކާއި، ރަށު ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިހާބުކުރާ އެއް މެމްބަރަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން އެމީހުން އިންތިހާބުކުރާ އެއް މެމްބަރަކު ހޮވުމަށް ބާއްވާ އިންތިހާބު 2026 އޯގަސްޓް 08 ވާ ހޮނިހިރު ދުވަހު އޮންނާނެކަމަށެވެ. 

އެ އިންތިހާބުގައި ވާދަކުރަން އެދޭ ފަރާތްތަކަށް އެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހުގެ 12:00 އާ ހަމަޔަށް ހުޅުވާލާފައިވާކަމަށް އެލްޖީއޭއިން ބުނެއެވެ. 

އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެ އޮތޯރިޓީގެ[email protected]  އީ-މެއިލް މެދުވެރިކޮށްކަމަށް އެލްޖީއޭއިން ބުނެއެވެ. 

ހާޒިރުވެގެން ފޯމު ހުށަހަޅާނީ ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެޓޯލް ޕޯސްޓް ބިލްޑިން، ބޮޑުތަކުރުފާނު މަގުގައި ހުންނަ އިމާރާތަށްކަމަށާއި ފޯމު  ހުށަހެޅޭނީ ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން 14:00 އަށްކަމަށްވސް އެލްޖީއޭއިން ބުނެއެވެ.

ކުރިމަތިލާ ފަރާތެއްގައި ހުންނަންޖެހޭ ޝަރުތުތައް

  1. ލޯކަލް ކައުންސިލްތަކުގެ ފަސްވަނަ ދައުރަށް އިންތިހާބުވެ، އިޤުރާރުގައި ސޮއިކޮށްފައިވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސުން، ނުވަތަ،
  2. ލޯކަލް ކައުންސިލްތަކުގެ ފަސްވަނަ ދައުރަށް އިންތިހާބުވެ، ހުވައިކޮށްފައިވާ ރަށު ކައުންސިލްގެ މެމްބަރުން، ނުވަތަ،
  3. ލޯކަލް ކައުންސިލްތަކުގެ ފަސްވަނަ ދައުރަށް އިންތިހާބުވެ، ހުވައިކޮށްފައިވާ ސިޓީ ކައުންސިލްގެ މެމްބަރުން.

ހުށައަޅަންޖެހޭ ލިޔުންތައް

  1. ލޯކަލް ގަވމަންޓް އޮތޯރިޓީގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން މެމްބަރުން ހޮވުމަށް ބާއްވާ އިންތިޙަބުގައި ކުރިމަތިލުމަށް އެދޭ ފޯމު.
  2. ކެންޑިޑޭޓުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނުވަތަ ޕާސްޕޯޓް ނުވަތަ ޑްރައިވިން ލައިސެންސްގެ ކޮޕީ.
  3. ކެންޑިޑޭޓުގެ ޕާސްޕޯޓް ސައިޒް ފޮޓޯގެ ސޮފްޓް ކޮޕީ (JPEG ފޯމެޓުގައި).

ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބާއްވާ އިންތިޙަބުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، 2026 އޯގަސްޓް 08 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 ން ހަވީރު 16:00 ކަމަށް އެލްޖީއޭއިން ބުނެއެވެ. ކިޔު ބަންދުވާ ގަޑިއަކީ 16:00 ކަން ބަޔާންކޮށްފައިވީ ނަމަވެސް، ކިޔު ބަންދުކުރުމުގެ ކުރިން ކިޔުއަށް އަރާ ފަރާތަކަށް ވޯޓު ލުމުގެ ފުރުސަތު ލިބޭނެކަމަށް އެލްޖީއޭއިން ބުނެއެވެ.  އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ހުސްވަގުތު ކޮޅަކަށް ފަހުކަމަށާއި ވޯޓު ގުނައި ނިމުމުން އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާން ކުރާނެކަމަށް އެލްޖީއޭއިން ބުނެއެވެ. ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ  2026 އޯގަސްޓް 11 ވާ އަންގާރަ ދުވަހުކަމަށް އެލްޖީއޭއިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;