މީސްމިޑީއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ގަތަރުގެ ކުރީގެ އަމީރު، ޝައިހު ހަމަދު ބިން ހަލީފާ އަލް-ސާނީ އަވާހަރަވުމާއި ގުޅިގެން، އެކަމުގައި ހިތާމައިގެ ބައިވެރިވާ ކަމަށް ވިދާޅުވެފަ އެވެ. އެމަނިކުފާނު ވިދާޅުވީ، ގަތަރުގެ ކުރީގެ އަމީރަކީ ދުރުވިސްނޭ ހިކުމަތްތެރި ލީޑަރެއް ކަމަށާއި ގަތަރުގެ ތަރައްގީ ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ފަރާތެއް ކަމަށެވެ.
ރައީސްގެ ތައުޒިޔާގެ މެސެޖުގައި ގަތަރުގެ މިހާރުގެ އަމީރު ޝެއިހު ތަމީމް ބިން ޙަމަދު އަލް-ޘާނީގެ ބައްޕާފުޅު އަވާހަރަވުމާއި ގުޅިގެން ގަތަރު ޝާހީ އާއިލާއަށާއި، ސަރުކާރާއި ރައްޔިތުންނަށް ތައުޒިޔާ ވިދާޅުވި އެވެ. އަދި ޝައިހު ހަމަދު ބިން ހަލީފާ އަލް-ސާނީއަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކޮށްދެއްވުން އެދި ދުއާ ކުރައްވާ ކަމަށް ވިދާޅުވި އެވެ.
ގަތަރު ސަރުކާރުން ވަނީ 1995 އިން 2013 އަށް އެ ގައުމުގެ ވެރިކަން ކުރެއްވި އަމީރު އަވާހަރަވިކަން ރަސްމީކޮށް އިއުލާނުކޮށްފަ އެވެ.
އަމީރުންގެ ބައްޕާފުޅުގެ ގޮތުގައި ސިފަކުރާ ހަމަދުގެ ދައުރުގައި ގައުމަށް އެކި ދާއިރާތަކުން ބޮޑެތި ކުރިއެރުންތަކެއް ގެނެސްދެވި އެވެ. ހާއްސަކޮށް އިގުތިސާދީ، އިޖުތިމާއި އަދި ސަގާފީ ގޮތުން ބައިނަލްއަގްވާމީ ދުނިޔޭގައި ގަތަރު ވަރަށް ފާހަގަކޮށްލެވޭ ގައުމަކަށްވެގެން ދިޔައީ ޝައިހް ހަމްދާންގެ ދައުރުގަ ތެރޭގަ އެވެ.
ޝައިހް ހަމަދަކީ ރާއްޖެއަށް ވެސް އެކި ދާއިރާތަކުން އެތައް އެހީއެއް ދެއްވި ބޭފުޅެކެވެ. މިސްކިތްތައް އިމާރާތްކުރުމާއި މަރާމާތުކުރުމުގެ މަޝްރޫއުތައް ހިންގަވާފައިވެ އެވެ. ލ. ގަމުގައި ހުންނަ ޝައިހު ހަމަދު ބިން ހަލީފާ އާލް ޘާނީ (ހަމަދު ސްކޫލް) އަކީ މިފަދަ އެހީތަކުގެ ތެރެއިން ފާހަކޮށްލެވޭ ތަނެކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;