ads
ހޮރްމޫޒް ކަނޑޯޅިން ތެޔޮ ޓޭންކަރެއް ދަތުރުކުރަނީ -- ފޮޓޯ: އޭއެފްޕީ
ހޮރުމޫޒް ކަނޑުއޮޅި ވަގުތީގޮތުން އީރާނުން ބަންދުކޮށްފި
ވަކި ގޮތަކަށް އަންގަންދެން ހޮރްމޫޒް ކަނޑުއޮޅި "ބަންދު" ކަމަށް އީރާނުގެ އިންގިލާބީ ލަޝްކަރު (އައިއާރްޖީސީ) ހަވާލާދީ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.
Advertisement

އައިއާރްޖީސީ އިން ބުނި ގޮތުގައި، އެ ސަރަހައްދަށް އެމެރިކާއިން ވަންނަމުންދާ ނުފޫޒުތައް ހުއްޓާލަންދެން އެއްވެސް އުޅަނދަކަށް އެ ކަނޑުއޮޅިން ދަތުރުކުރުމުގެ ހުއްދައެއް ނުދެވޭނެ އެވެ. އަދި އެއްވެސް އާ ހަމަލާއެއް ނުވަތަ އުސޫލާ ހިލާފު ކަމެއް ހިނގައިފިނަމަ، އެ ސަރަހައްދުގައި ހުރި ދުޝްމަނުންގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދިނުން ހިމެނޭ ގޮތަށް، ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރުވެސް ވަނީ ދީފަ އެވެ.

އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ އެއްގޮތަށް އީރާނުން "ވައުދު ފުއްދާފައިވާ" ކަމަށެވެ. އަދި އެ އެއްބަސްވުމާ ހިލާފުވީ އެމެރިކާ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

މިދިޔަ ޖޫން މަހު އެމެރިކާ އާއި އީރާނާ ދެމެދު ސޮއިކުރި ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން، ވިޔަފާރި އުޅަނދުފަހަރަށް ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ މަގު ފަހިކޮށްދިނުމަށް އީރާނުން ވަނީ އެއްބަސްވެފަ އެވެ.

އެމެރިކާގެ ސީނިއާ އޮފިޝަލުން ސީބީއެސް ނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ވިޔަފާރި އުޅަނދުފަހަރަށް ހަމަލާދީގެން މަޝްވަރާތަކަށް ހުރަސްއަޅަން މަސައްކަތް ކުރަނީ އީރާނުގެ ހަރުކަށި ފިކުރުގެ ބައެއް ކަމަށް ތެހެރާނުން ބުނެފައިވާ ކަމަށެވެ.

އީރާނުގެ އޮފިޝަލުން ތަކުރާރުކޮށް ވިދާޅުވަމުންދަނީ، ހަނގުރާމައިގެ ކުރިން އޮތް ގޮތަށް އެއްވެސް ހުރަހެއްނެތި މިނިވަންކަމާ އެކު ދަތުރުފަތުރުކުރުމުގެ ނިޒާމަށް ދެން އެނބުރި ނުދާނެ ކަމަށެވެ.

ނަމަވެސް އެމެރިކާއިން އެ ގޮތް ގަބޫލެއް ނުކުރެ އެވެ. އެމެރިކާ އިން ބުނަނީ ވިޔަފާރި އުޅަނދުތަކަށް އެ ކަނޑުއޮޅިން އެއްވެސް ހުރަހެއްނެތި މިނިވަންކަމާ އެކު ދަތުރުކުރެވެންޖެހޭނެ ކަމަށެވެ.

ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައި މިވަނީ އީރާނުގެ ސުޕްރީމް ލީޑަރު އާޔަތުالله މޮޖްތާބާ ޚާމަނާއީ ލީޑަޝިޕް ހަވާލުވެވަޑައިގަތުމަށްފަހު ދެއްވި ފުރަތަމަ ބަޔާނުގައި ބަދަލު ހިފުމަށް ގޮވާލެއްވުމާ ގުޅިގެންނެވެ.

"އަޅުގަނޑުމެން ވައުދުވަނީ ގާތިލުންގެ ކިބައިން ޝަހީދުވެފައިވާ ލީޑަރާއި، ހަނގުރާމައިގައި ޝަހީދުވި ހުރިހާ ޝަހީދުންގެ ލޭގެ ބަދަލު ހިފުމަށް." މުޖުތަބާގެ ބަޔާނުގައި ބުނެފައި ވެއެވެ.

ފެބްރުއަރީ 28 ވަނަ ދުވަހު އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނަށް ދިން ހަމަލާތަކުގައި އީރާނުގެ ކުރީގެ ލީޑަރު އާޔަތުއްﷲ އަލީ ޚާމަނާއީ ވަނީ އަވަހާރަކޮށްލާފަ އެވެ. އާ ސުޕްރީމް ލީޑަރަކީ ޚާމަނާއީގެ ދަރިކަލެކެވެ.

ހޮރްމޫޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ކަނޑުގެ ދަތުރުފަތުރުގެ އެންމެ މުހިންމު އެއް ސަރަހައްދެވެ. މުޅި ދުނިޔޭގައި ވިއްކާ ތެލާއި ލިކުއިފައިޑް ނެޗުރަލް ގޭސް (އެލްއެންޖީ) ގެ ގާތްގަނޑަކަށް ފަސްބައިކުޅަ އެއްބައި އާންމުކޮށް އުފުލަނީ މި ކަނޑުއޮޅިންނެވެ. އެހެންވެ މި ސަރަހައްދަށް އަންނަ ކޮންމެ ބަދަލަކީ ހަކަތައިގެ ބާޒާރަށް ބޮޑު ނުތަނަވަސްކަމެއް ކުރިމަތިވާނެ ކަމެކެވެ.

ހޮރްމޫޒް ބަންދުވެ، ސަޕްލައި ތާށިވުމުގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ފިއްތުންތައް ކުރިމަތިވެ، މި ހޫނު މޫސުމުގެ ތެރޭގައި ބްރެންޓް ކްރޫޑްގެ އަގުން 10 އާއި 15 ޑޮލަރާ ދެމެދުގެ އަދަދަކަށް މަތިވެގެން ހިނގައިދާނެ ކަމަށް ވިޔަފާރިތަކުން މިހާރު ވަނީ ލަފާކޮށްފަ އެވެ.

ނުތަނަވަސްކަން ބޮޑުވެފައިވީ ނަމަވެސް، ތެލުގެ އަގުތައް މިއަދު ވަނީ ނިސްބަތުން އެއްވަރެއްގައި ހިފެހެއްޓިފަ އެވެ. އެގޮތުން، ބްރެންޓް ކްރޫޑް ފީފާއެއް ހުރީ ގާތްގަނޑަކަށް 79.37 ޑޮލަރަށެވެ. ނަމަވެސް، ދުނިޔޭގެ ތެލުގެ ރިޒާވް މަދުވަމުންދާ ވަރަކަށް އަގުތައް އިތުރަށް މަތިވާނެ ކަމަށް އެނަލިސްޓުން ލަފާކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;