ކުރީގެ އެއްވަނަ ފުޓްބޯޅަ ކުޅުންތެރިޔާ، އިބްރާހީމް ފަޒީލް، އޮއްޕުގެ ކުންފުންޏެއް ކަމަށްވާ ފިއުޗާ ހޯމްސް ޕްރައިވެޓް ލިމިޓެޑަށް، އެއްވެސް ކުއްޔަކާ ނުލައި 25 އަހަރަށް 2700 އަކަފޫޓުގެ ބިމެއް، މާފަންނު ސްޓޭޑިއަމް ސަރަހައްދުން ދީފައިވާ ބިން، ހުސްކުރަން އެފްއޭއެމުން އެންގުމުން، އެފްއޭއެމްގެ ގައިރު ހާޒިރުގައި އަމުރެއް ހޯދަން އެދި އޮއްޕޮގެ ކުންފުނިން ކޯޓަށް ހުށަހެޅި މައްސަލަ މިއަދަށް ތާވަލުކޮށްފައި އޮތުމަށް ފަހު، ފަހު ވަގުތު ކެންސަލްވީ އޮއްޕޮގެ ކުންފުނީގެ ފަރާތުން މިއަދުގެ ޝަރިއަތަށް ހާޒިރުވެވެން ނެތުމުން ކަމަށް ސިވިލް ކޯޓުން ބުންޏެވެ.
ސިވިލް ކޯޓުގައި އެފްއޭއެމާ ދެކޮޅަށް އޮއްޕޮގެ ކުންފުނިން ދައުވާ ކޮށްފައިވާއިރު، އެފްއޭއެމްގެ ގައިރު ހާޒިރުގައި އެފްއޭއެމާ ދެކޮޅަށް އަމުރަށް ހޯދުމަށް އެ ކުންފުނިން އެދިފައިވާކަމަށްވަނީ މައުލޫމާތު ލިބިފަ އެވެ. އެ މައްސަލަ ފަށަން ތާވަލުކޮށްފައި އޮތީ މިއަދުއެވެ.
އެފްއޭއެމުން ބުނި ގޮތުގައި މާފަންނު ސްޓޭޑިއަމްގެ ސަރަހައްދުގައި އޮއްޕުގެ ކުންފުނިންވަނީ 2700 އަކަ ފޫޓްގެ ބިމުގައި، ޑެގް އަޅައިގެން ދެބުރިއަށް ގުދަނެއް ހަދައިފަ އެވެ. އެ ގުދަން، 25 އަހަރަށް ދޫކޮށްފައިވަނީ އެއްވެސް ކުއްޔެއް ނުނަގާ ގޮތަށް ކަމަށް އެފްއޭއެމުން ބުންޏެވެ. އެއީ، އެ ސަރަހައްދުން ކުނި އުކައި ސާފު ކުރުމަށް 1.8 މިލިއަން ރުފިޔާ އެފްއޭއެމަށް ދިނުމުން އެކަމުގެ ބަދަލުގައި ކަމަށް ބުނެފައިވީނަމަވެސް، 1.8 މިލިއަން ރުފިޔާގެ ކުނި އުކުމާއިބެހޭގޮތުން އެފްއޭއެމްއާއިއެކު އެއްބަސްވުމެއް ހަދާފައެއް ނުވާ ކަމަށް އެފްއޭއެމުން ބުންޏެވެ.
މީގެ އިތުރުން 2700 އަކަފޫޓްގައި އިމާރާތްކޮށްފައިވަނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ، އަދި މާލޭ ސިޓީކައުންސިލް އެއްވެސް ހުއްދައެއް އަދި ކުރެހުމެއް ފާސްކުރުމަކާއި ނުލައިކަމަށް އެ އިދާރާތަކުން އެފްއޭއެމްއަށް އަންގާފައިވާ ކަމަށް އެފްއޭއެމުން ބުންޏެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;