ads
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން އިމިގްރޭޝަނުން ހިނގި ރެއިޑްގެ ތެރެއިން
836 ބިދޭސީން ފާސްކޮށް 32 މީހުން ބަންދުކޮށްފި
ތިލަފުށީގައި ވަނީ ހާއްސަ ރެއިޑް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސް 32 ބިދޭސީން ހައްޔަރުކޮށްފިއެވެ.
Advertisement

އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް އަމާޒުކޮށް ޓާސްކު ފޯހުން ތިލަފުށީގައި ހާއްސަ ރެއިޑް އޮޕަރޭޝަނެއް ކުރިއަށް ގެންދިޔައީ އިއްޔެކަަމަށެވެ. މި ރެއިޑުގައި 836 ބިދޭސީން ބަލައި ފާސްކޮށްފައިވާކަމަށް އިމިގްރޭޝަނުން ބުނެއެވެ. 

 އޭގެތެރެއިން ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 32 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިކަމަށް އެ އިދާރާއިން ބުނެއެވެ. 

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން އަންނަ އަހަރު ވެގެންދާނީ، ބަޔޮމެޓްރިކްސް ނުދީ ފިލައިގެން އުޅޭ ބިދޭސީން ތިބި ތަނަކުން ހޯދައި ރާއްޖެއިން ޑިޕޯޓުކުރުމަށް ފުލުހުން ހާއްސަ މަސައްކަތްތަކެއް ކުރާނެ އަހަރަކަށްކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.  

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ދެނެގަނެ ގަވައިދަށް ފެއްތުމަށް ކުރިޔަށް ގެންދާ "އޮޕަރޭޝަން ކުރަނގި" ގެ ތެރެއިން މިހާތަނަށް 62 އިންސައްތަ ބީދޭސީން ގަވައިދަށް ވައްދާފައިވާކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވަނީ ކުރިން ވިދާޅުވެފައެވެ.  އަދި މިހާތަނަށް ޕިންގާ ޕްރިންޓް ނަގާ މައުލޫމާތު އެއްކުރި ބިދޭސީންގެ އަދަދު 206،000 އަރާފައިވާކަމަށާއި ފިންގަޕްރިންޓް ނުދީ އަދިވެސް 2،933 މީހަކު އެބަ ތިއްބިކަމަށާއި އެއީ ކޮން ބައެއްކަންވެސް ދެނެގަނެވިފައިވާކަމަށް އިހްސާން ކުރިން ވަނީ ވިދާޅުވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;