ads
މޯލްޑިވިއަންގެ ތާޜިހީ ދަތުރުގައި އައްޑޫ ސީޓީން އުމްރާއަށް ދިޔަ ތުއްތު ކުދިން ކޮޅެއް
ތާރީހުގައި ލިޔެވިއްޖެ، މޯލްޑިވިއަން އުމްރާވެރިން ގޮވައިގެން އައްޑޫއިން ސީދާ ޖިއްދައަށް
ތާރީހުގައި ފުރަތަމަ ފަހަރަށް، އައްޑޫ ގަން އިންޓާނޭޝަނަލް އެއާޕޯޓުން ސައުދީ އަރަބިއްޔާގެ ޖިއްދާއަށް އުމްރާވެރިން ގޮވާއިގެން މޯލްޑިވިއަނުން ދަތުރު ފަށައިފިއެވެ.
Advertisement

މި ތާރީހީ ދަތުރުގައި އުމްރާވެރިން ގޮވައިގެން ޖިއްދާއަށް ދަތުރުކުރީ މޯލްޑިއަން ފްލީޓްގައި ހިމެނޭ  އޭ330  މަރުކާގެ ބޯޓެކެވެ. 

ސިވިލް އެވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ، މިއީ ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ގަން އެއާޕޯޓުން ސީދާ ޖިއްދާއަށް އުމްރާ ފްލައިޓެއް ފުރި ފުރަތަމަ ފަހަރު ކަމަށެވެ. އަދި މިއީ އައްޑޫ ސިޓީއާއި ދެކުނުގެ ސަރަހައްދަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ.

your imageމޯލްޑިވިއަންގެ ތާރީހީ ދަތުރުގައި އައްޑޫ ސީޓީން އުމްރާއަށް ދިޔަ އުމްރާވެރިން ބޯޓަށް އަރަނީ

އައްޑޫ ސިޓީ އުމްރާއަށް މީހުން ގޮވައިގެން ކުރާ ދަތުރަކީ ދިވެހިން ހައްޖާއި އުމްރާއަށް ގެންދާ ޖަމާއަތެއްކަމަށްވާ ދަތުރުވެރިޔާ އިން ބާއްވާ ދަތުރެކެވެ. އެ ޖަމައަތުގެ ހަވާލުގައި މި ދަތުރުވައި އައްޑޫ ސިޓީން 260 މީހަކު ވަނީ އުމްރާއަށް ގޮސްފައެވެ.

މި ދަތުރުގެ ބައިވެރިންނަށް މޯލްޑިވިއަންގެ ފަރާތުން ވަނީ ހާއްސަ ހަދިޔާތަކެއް ވެސް ދީފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;