ސްވިޒަލެންޑުން ގިނަ ވަގުތު ބޯޅަ ގެންގުޅުނު މި މެޗުން އާޖެންޓިނާ މޮޅުވީ 3 - 1 ގެ ނަތީޖާއަކުން ނެވެ.
މެޗްގެ ފުރަތަމަ ހާފުގައި 10 ވަނަ މިނެޓްގައި މެސީ ނަގާދިން ކޯނަރަކުން މެކަލިސްޓާ އާޖެންޓިނާއަށް ލަނޑެއް ޖަހާދީ ލީޑް ނަގާދިނެވެ. އެހެންނަމަވެސް އެ ލަނޑަށް ފަހު ފުރަތަމަ ހާފުގެ ބާކީ ބައި ޑޮމިނޭޓްކޮށް ކުޅުނީ ސްވިޒްލެންޑް އެވެ.
މެޗްގެ ދެވަނަ ހާފް ކުޅުން ފަށާ ސްވިޒްލެންޑް ރަނގަޅު ކުޅުމެއް ދައްކާ މެޗްގެ ނަތީޖާ ވަނީ ހަމަހަމަކޮށްފަެވެ. ސްވިޒްލެންޑްއަށް އެ ލަނޑު ޖަހާދީ މެޗްގުގައި އަނެއްކާވެސް އުއްމީދެއް އާ ކޮށްދިނީ އެންޑޯއީއެވެ.
ސްވިޒްލޭންޑް ލަނޑު ޖެހިތާ މާގިނައިރުތަކެއް ނުވަނީސް އެ ޓީމްގެ އެމްބޯލާއަށް ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލިއެވެ. އޭނަށް ރަތްކާޑު ދެއްކީ ފައުލްކަމަށް ހެދި އަމިއްލައަށް ވެއްޓިގަތުމުން އެކަން ވީއޭއާރްއިން ރިވިއުކުރުމަށްފަހުއެވެ. އެމްބޯލާއަށް ރަތްކާޑު ދައްކާ ފޮނުވާލީ މެޗްގެ ކުރީ ހާފުގައި ދެއްކީ ރީނދޫ ކާޑާއި އެކު ދެ ކާޑު ހަމަވުމުންނެވެ.
އާޖެންޓީނާ މޮޅުވީ މެޗްގެ 90 މިނެޓް ނިމި ކުޅުނު 15 މިނެޓްގެ ދެ ހާފްގެ ގެ ތެރެއިން ފަހު ހާފްގައި ޖެހި ދެ ގޯލުންނެވެ. މި ލަނޑުގެ ތެރެއިން ފުރަތަމަ ލަނޑި ޖަހާދިނީ 112 މިނެޓްގައި އަލްވަރޭޒްއެވެ. ފަހު ލަނޑު ޖަހާދީނީ 120 މިނެޓްގައި މާޓިނޭޒްއެވެ.
ސެމީގައި އާޖެންޓީނާ ކުޅެން ޖެހޭނީ އިންގްލޭންޑްއާ އެވެ.
ސެމީގެ ފުރަތަމަ މެޗް ކުޅޭނީ އަންނަ ބުދަ ދުވަހުގެ ރެއެވެ. އެރޭ ދަންވަރު 12 ޖަހާއިރު ކުޅޭ މެޗްގަައި އެންމެ ފަހު ރަނަތަޕް ފްރާންސް ނުކުންނާނީ ސްޕެއިންއާ ދެކޮޅަށެވެ. ސެމީގެ ދެވަނަ މެވް އޮންނާނީ ހޮނިހިރު ދުވަހުގެ ރޭ ދަންވަރު 2 ޖަހާއިރު އެވެ. އެ މެޗުގައި އާޖެންޓީނާ ނުކުންނާނީ އިންގްލޭންޑްއާ ދެކޮޅަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;