ads
މާލޭގެ ގެއަކުން 4 މިލިއަން ވަގަށް ނެގި މައްސަލާގައި ހައްޔަރުކުރި މީހުން
4 މިލިއަން ރުފިޔާ ވަގަށް ނެގުން: 5 މީހުންނަށް ދައުވާކުރަން ފޮނުވައިފި
މިދިޔަ މާރިޗު މަހުގެ ތެރޭގައި ނަލަހިޔާ ރެޒިޑެންސްގެ އެޕާޓްމަންޓަކުން ހަތަރު މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލާގައި ހައްޔަރުކުރި 4 މީހަކަށް ދައުވާކުރަން ފޮނުވައިފިއެވެ.
Advertisement

ނަލަހިޔާ ރެޒިޑެންސްގެ އެޕާޓްމަންޓަކުން ހަތަރު މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލާގައި ވަނީ 5 މީހަކު ހައްޔަރުކޮށްފައެވެ. މަޖީދީމަގުގައި ހުންނަ ނަލަހިޔާ ރެޒިޑެންސްގެ އެޕާޓްމަންޓަކުން ވައްކަން ކޮށްފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ މިދިޔަ މާރިޗު މަހުގެ 16 ވަނަ ދުވަހުގެ 17:49 އެހައިކަންހާއިރުކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަގައި ހައްޔަރުކުރި މީހުން 

  • ކަސްތޫރިމާގެ / ޅ.ނައިފަރު، މުހައްމަދު ނޫރު އަހްމަދު (40އ)
  • މޫންލައިޓްވިލާ / ސ.މީދޫ، މުހައްމަދު އަފްރާހް (40އ)
  • ދާރުލް އައްވަލް / ރ.މަޑުއްވަރި، އިސްމާއީލް އާސިފް (36އ)
  • މ. އޭސިއާ / މާލެ، އަހްމަދު ފާރިސް (39އ) 
  • ޖަޒީލާމަންޒިލް / ހދ.ނޮޅިވަރަންފަރު، ޖަޒީލު މުހައްމަދު (47އ)

މި ފަސް މީހުންގެ މައްޗަށްވެސް ކުރަނީ ، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާގެ އަސާސީ އަދަބަކީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ މުއްދަތަކަށް ޖަލަށްލުމެވެ.

މީގެ އިތުރުން، ފާރިސާއި ޖަޒީލާއި ނޫރުގެ މައްޗަށް އިތުރު ދެ ދައުވާއެއް ވަނީ އުފުލާފައެވެ. އެއީ މުދަލަށް ގެއްލުން ދިނުމުގެ ދައުވާއާއި އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ދައުވާވެސް ކުރަން ވަނީ ފޮނުވައިފައެވެ. އެ ދެ ދައުވާގެ ވެސް އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

ޕީޖީ އޮފީހުން ވަނީ، މި މައްސަލައިގައި ދައުވާ ލިބޭ މީހުން އަތުން، ވަގަށް ނެގި ކަމަށް ތުހުމަތުވާ ފައިސާ، ބަދަލު ލިބޭ ފަރާތަށް ނަގައިދިނުމަށް ކޯޓުގައި އެދިފައިވާ ކަމަށެވެ.

މިމައްސަލާގައި ހައްޔަރުކުރީ މީހުންގެ ތެރޭގައި ބޭބެ މާރާލަން ހަމަލާދިން މައްސަލައެއްގައި 10 އަހަރުގެ ހުކުމެއް އިއްވާފައި ހުރި އިސްމާއިލް އާސިފް ހިމެނެއެވެ. އޭނާގެ 10 އަހަރު ޖަލު ހުކުމް 5 ދުވަހަށް ބަދަލުކޮށް އޭނާ މިނިވަންކޮށްފައިވަނީ މިދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ދުވަސްވަރު ރައީސް އިބްރާހިމް މުހައްމަދު ސާލިހްއެވެ.

މި ވައްކަމުގައި ޖުމުލަ 4،000،000 ދިވެހި ރުފިޔާ ވަގަށް ނަގާފައިވާއިރު އެ ފައިސާގެ ތެރެއިން ހޯދިފައިވަނީ 50،000 ދިވެހި ރުފިޔާކަމަށް ފުލުހުން ބުނެއެވެ.    

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;