ads
މިރޭ އެކްސިޑެންޓުވި ލޯންޗަށް ގެއްލުންވެފައި
އެކްސިޑެންޓު ވުމުން ފިލި އުޅަނދު ހޯދައިދޭން ފުލުހުން އެދިއްޖެ
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ލޯންޗަކާއި އިތުރު އުޅަނދެއް ޖެހި ހިނގި އެކްސިޑެންޓުގައި ހިމެނޭ އަނެއް އުޅަނދު އެކްސިޑެންޓަށްފަހު ފިލާފައިވާތީ އެ އުޅަނދި ހޯދުމަށް ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދެފިއެވެ.
Advertisement

އިއްޒުއްދީން ފާލަމާ ދިމާ ބޭރުން 'ލީޖަން 1' ނަމަކަށް ކިޔާ ލޯންޗަކާއި އިތުރު އުޅަނދެއް ޖެހި ހިނގި އެކްސިޑެންޓުގައި ލޯންޗަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އަދި އެ ލޯންޗުގައި ތިބި ފަސް މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗަށް ވަނީ ގެންގޮސްފައެވެ. މީގެތެރެއިން ދެ މީހަކަށް ފަރުވާދިނުމަށްފަހު ވަނީ ދޫކޮށްލާފައެވެ. 

އަނިޔާވީ ހަތަރު ބިދޭސީ ފިރިހެނުންނާއި ދިވެހި ފިރިހެނަކަށްކަމަށް ފުލުހުން ވަނީ ބުނެފައެވެ. 

ފުލުހުން ބުނީ އެ އެކްސިޑެންޓްގައި ހިމެނޭ އަނެއް އުޅަނދު އެކްސިޑެންޓަށް ފަހު މަޑުނުކޮށް ފިލައިގެން ގޮސްފައިވާ ކަމަށާއި އެ އުޅަނދު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށެވެ. އަދި މަޑުނުކޮށް ދިޔަ އުޅަނދާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާ ނަމަ، މެރިން ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9926094 އަށް ގުޅައި އެ މައުލޫމާތެއް ހިއްސާކުރުމަށް ފުލުހުން އެދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;