މި އިންތިހާބުގެ ވޯޓުލުން ހެނދުނު 9:00 އިން ފެށިގެން ހަވީރު 4:00 ގެ ނިޔަލަށް ކުރިއަށް ދާނެކަމަށް ޕީއެންސީން ބުނެއެވެ.
މި އިންތިހާބުގައި މާލޭގެ އިތުރުން 131 ރަށު ދާއިރާގައި ވޯޓުލުން ކުރިއަށް ދާނެ ކަމަށާއި އެ ދާއިރާތަކަށް 2،500 އަށް ވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރަ އެވެ.
ޕީއެންސީގެ ދާއިރާތަކަށް އިންތިހާބުކުރާނީ ދާއިރާ ރައީސާއި ދާއިރާގެ ނައިބު ރައީސާއި އަންހެނުންގެ ހަރަކާތުގެ ރައީސާއި ޒުވާނުން ހަރަކާތުގެ ރައީސް އަދި ސްޓިއަރިން ކޮމިޓީގެ ރައީސް އެވެ.
އިންތިހާބުގައި ވޯޓުލެވޭނީ ހުސްވި ޖޫންމަހުގެ 15 ގެ ނިޔަލަށް އިލެކްޝަން ކޮމިޝަނުގައި ކޮންގްރެސް ޕާޓީގެ ނަމުގައި ދަފްތަރުވެފައިވާ މެމްބަރުންނަށް އެކަނިކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.
ޕީއެންސީއިން ބުނީ މިއަދުގެ އިންތިހާބަކީ ރާއްޖޭގެ ސިޔާސީ ޕާޓީއެއްގެ މަގާމުތަކަށް އެންމެ ގިނަ މެންބަރުން އިންތިހާބުކުރާ އިންތިހާބަަށް ވާނެ ކަމަށެވެ.
ޕާޓީގެ ކޮންގްރެސް އޮންނާނީ ސެޕްޓެމްބަރު 15-18 އަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;