ads
ދިރާގު "ވިން 2 ސްޕީޑްބޯޓްސް" ޕްރޮމޯޝަންގެ ފަހު ނަސީބުވެރިއަކަށް މުހައްމަދު ޔޫސުފް ހޮވިއްޖެ - ފޮޓޯ: ދިރާގު
ދިރާގުން ދޭ ދެ ވަނަ ލޯންޗުގެ ނަސީބުވެރިޔާ މިއަދު ހޮވައިފި
ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި ދިރާގުގެ "ވިން 2 ސްޕީޑްބޯޓްސް" ޕްރޮމޯޝަންގެ ދަށުން ދޭ ފަހު ލޯންޗު ލިބޭ ނަސީބުވެރިޔާ މިއަދު އިއުލާނުކޮށްފި އެވެ.
Advertisement

މި ޕްރޮމޯޝަނުގައި ދޭ ފަހު ސްޕީޑްބޯޓުގެ ނަސީބުވެރިއަކަށް ހޮވުނީ އިމާރާތް ކުރުމުގެ ދާއިރާގެ ފަންނީ ބޭފުޅެއް އަދި ބޭންކް އޮފް މޯލްޑިވްސްގެ އިސް މުވައްޒަފެއް ކަމަށްވާ މުހައްމަދު ޔޫސުފް އެވެ. 

ދިރާގުން ބުނީ މި ގުރުއަތުގެ މަރުހަލާ އިންސާފުވެރިކަމާއެކު ކުރިއަށް ގެންގޮސް ބެލެހެއްޓުމަށްޓަކައި ދިރާގުން ވަނީ ތިންވަނަ ޕާޓީ އޮޑިޓަރެއްގެ ގޮތުގައި ނެކްސާ މޯލްޑިވްސް އައްޔަނުކޮށްފައި ކަމަށެވެ. އެގޮތުން ނެކްސާ މޯލްޑިވްސްއިން ވަނީ ގުރުއަތުގެ މަރުހަލާގެ ހުރިހާ ކަމެއް ގާތުން ބަލައި، ގުރުއަތު ނެގި ވަގުތު އެތަނުގައި ހަރަކާތްތެރިވެފައި ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

"ވިން 2 ސްޕީޑްބޯޓްސް" ޕްރޮމޯޝަންގެ ގުރުއަތު ނެގުމަށް ބޭއްވި ހާއްސަ އިވެންޓުގައި އެކަތި ބޮޑުބެރު ގްރޫޕާއި މަޝްހޫރު ލަވަކިއުންތެރިޔާ ސަމީއުގެ ފޯރިގަދަ ހުށަހެޅުންތައް ވަނީ ފެނިގެން ގޮސްފަ އެވެ. މި އިވެންޓްގެ ގުރުއަތު ނެގުމުގެ ބައި ވަނީ ޓީވީއެމް އާއި އެސްއެސްޓީވީ އަދި ދިރާގު ފޭސްބުކް އާއި ޔޫޓިއުބުން ލައިވްކޮށްފަ އެވެ.

ދިރާގަކީ އެ ކުންފުނީގެ ކަސްޓަމަރުންނަށް މިފަދަ ހާއްސަ އަދި އަގުހުރި ޕްރޮމޯޝަންތައް ކުރިއަށް ގެންގޮސް، ޑިޖިޓަލް ރާއްޖޭގައި ކުރިއެރުމަށް އެހީތެރިވަމުން އަންނަ ކުންފުންޏެކެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;