ads
އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯދަން މަސައްކަތް ކުރަން: ފައިސަލް
އިދިކޮޅު އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ޝައުގުވެރިވެ އެކަމަށް މަސައްކަތް ކުރަމުންދާ ކަމަށް ކުރީގެ ނާއިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެެވެ.
Advertisement

އަދަދު ނޫހުން ގެނެސްދޭ ޕްރަގްރާމެއްގައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ ނާއިބު ރައީސްގެ މަގާމުގައި ހުންނެވިއިރު ވެސް ގައުމަށް ގެންނަން ބޭނުންވި ބަދަލުތަކެއް ހުރި ކަމަށެވެ. އެހެންކަމުން ބަދަލުތައް ގެންނަވަން ބޭނުންވާތީ އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ޝައުގުވެރިކަން އެބަހުރި ކަމަށް ފައިސަލް ވިދާޅުވިއެވެ. 

" އެ ޝައުގުވެރިކަން އެބަ އޮތޭ، އެ އުންމީދު އެބަ އޮތޭ. އެ މަސައްކަތް އެގޮތަށް އެބަ ކުރެވޭ،" ފައިސަލް ވިދާޅުވިއެވެ.

މިދިޔަ ވެރިކަމުގައި ފައިސަލް ނަސީމް ނާއިބް ރައީސް ކަމަށް ވަޑައިގަތީ ޖުމްހޫރީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުންނަވައިގެންނެވެ. އެހެންނަމަވެސް ފަހުން ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;