ވެރިއަކުނެތް، މިދިލިއޮށް ފޮށިގަނޑެއް ވެރިޔަކު ހުރި ނަމަ ފުލުހުންނަށް އަންގާދިނުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އެދެފިއެވެ.

Advertisement
ފުލުހުން ބުނީ އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. ފުލުހުން ބުނީ މި ތަކެއްޗަކީ ހޮވައިގެން ގެނެސްފައިވާ ތަކެތިކަމަށް ފުލުހުން ބުނެއެވެ.
މާފަންނު ޕޮލިސް
- ޖޫން 30 ވަނަ ދުވަހު ގްރީން ބިލްޑިންގ ކައިރިން ހޮވައިގެން ގެނެސްފައިވާ ދެ ކަރުދާސްރީމް.
ގަލޮޅު ޕޮލިސް
- ޖޫން 30 ވަނަ ދުވަހު ބޮޑުތަކުރުފާނުމަގުން އެމްއެންޑީއެފް ގަރާޖު ކައިރިން ހޮވައިގެން ގެނެސްފައިވާ ޓޫލްސްތަކެއް.
- ޖޫން 30 ވަނަ ދުވަހު ކޯރުކެނޑިމަގުން ހޮވައިގެން ގެނެސްފައިވާ 15 ޑޮލަރު.
- ޖުލައި 7 ވަނަ ދުވަހު ހިލާލީމަގުން ހޮވައިގެން ގެނެސްފައިވާ މޯޓަރެއް.
ހެންވޭރު ޕޮލިސް
- ޖުލައި 1 ވަނަ ދުވަހު ބީއެމްއެލް ހެޑް އޮފީސް ކައިރިން ހޮވައިގެން ގެނެސްފައިވާ 190 ރުފިޔާ.
ވިލިމާލެ ޕޮލިސް
- ޖުލައި 2 ވަނަ ދުވަހު ވ. ހަވާސް ގޭތެރޭގައި ބަހައްޓާފައިހުރި ވެރިއަކުނެތް، މިދިލިއޮށް ފޮށިގަނޑެއް.
އެއާޕޯޓް ޕޮލިސް
- ޖުލައި 2 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް ޓާމިނަލް 2 ކައިރިއަށް ދަތުރުކުރި ޓެކްސީއަކުން ހޮވައިގެން ގެނެސްފައިވާ ތަޅުދަނޑިފައްޗެއް.
މި ތަކެތީގެ ވެރިފަރާތުން ފުލުހުންނާއި ގުޅާ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދެއެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވާން ފުލުހުން އެދެމެވެ.