އައްޑޫ ސިޓީގެ ކޯޓުތަކުގެ ހާލަތު ބެއްލެވުމަށް، އުއްތަމަ ފަނޑިޔާރު އައްޑޫ ސިޓީއަށް އުއްތަމަ ފަނޑިޔާރު އައްޑުއަށް ކުރައްވާ މި ދަތުރުފުޅުގައި، އުއްތަމަ ފަނޑިޔާރުގެ އަރިހުގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޙުސައިން ޝަހީދު އަދި ފަނޑިޔާރު ޢަބްދުﷲ ޙަމީދުގެ އިތުރުން، ޑީޖޭއޭގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.
އުއްތަމަ ފަނޑިޔާރުގެ މި ދަތުރުފުޅުގައިވަނީ އައްޑޫ ސިޓީގައި އިމާރާތް ކުރަމުންދާ ކޯޓު ކޮމްޕްލެކްސްގެ މަސައްކަތް ބައްލަވައިލެއްވުމަށް އެ ސައިޓަށް ވަޑައިގެންފައިވެއެވެ.
އައްޑޫ ކޯޓް ކޮމްޕްލެކްސްއަކީ އެއް އަހަރުން ނިންމަން 2023 ވަނަ އަހަރު އެވޯޑް ކުރި ޕްރޮޖެކްޓެކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;