އީ-ޕާސްޕޯޓްގެ ހިދުމަތް ވަގުތީ ގޮތުން މެދުކެނޑާލައިލީ މެއި މަހުގެ ކުރީކޮޅު އެވެ.
އޭރު އިމިގްރޭޝަނުން ބުނީ އެ ހިދުމަތް މެދުކަނޑާލަން ޖެހުނީއޯޑިނަރީ އީ- ޕާސްޕޯޓް ޕްރިންޓް ކުރުމަށް ބޭނުންކުރާ "ޕާސްޕޯޓު ބުކްލެޓް"ގެ ސްޓޮކް ރާއްޖެއަށް ގެނައުމުގައި ލަސްތަކެއް ދިމާވުމުން ކަމަށެވެ.
އީ-ޕާސްޕޯޓު ދޫކުރަނީ 1،000 ރުފިޔާ އަށެވެ. އެކަމަކު ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓުގެ ފީއަކީ 600 ރުފިޔާ އެވެ.
އިމިގްރޭޝަނުން ބުނީ ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓުގެ މުއްދަތު ހަމަވުމުގެ ކުރިން އިލެކްޓްރޯނިކް ޕާސްޕޯޓެއް ހަދަން ބޭނުން ވެއްޖެ ނަމަ،"ކެންސެލޭޝަން ފީ"އަކާ ނުލައި އެކަން ކޮށްދޭނެ ކަމަށެވެ. މީގެ ކުރިން އެ ހާލަތުގައި ފީއެއް ނަގަ އެވެ.
އެ އިދާރާ އިން ރޭ ބުނި ގޮތުގައި އަންނަ މަހުގެ ކުރީކޮޅުން އަލުން ހިދުމަތް ފަށަން ތައްޔާރީތައް އަންނަނީ ވަމުންނެވެ.
އީ-ޕާސްޕޯޓަކީ ކިއުއެއްގައި ނުޖެހި އަމިއްލައަށް ޗެކިންވެވޭ އީ-ގޭޓުގެ ހިދުމަތް ބޭނުންކުރެވޭ އެއްޗެކެވެ. އީ-ޕާސްޕޯޓުގައި ހުންނަ ޗިޕެއްގައި ރައްކާކޮށްފައި ހުންނަ ޑޭޓާގެ އިތުރުން ނަގާފައިވާ ފޮޓޯ ނުވަތަ އިނގިލީގެ ނިޝާނުގެ ޒަރިއްޔާއިން ޕާސްޕޯޓުގެ ވެރި ފަރާތް އެ ގޭޓުން ކަށަވަރު ކުރާނެއެވެ.
އީ-ޕާސްޕޯޓުގެ ހިދުމަތް މެދުކަނޑާލުމުން އޯޑިނަރީ ޕާސްޕޯޓަށް އެދި ހުށަހަޅާ ދޫކުރުމުން އަންނަނީ ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓެވެ. އެވެ. ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓަކީ ވެސް އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަންގެ މިންގަނޑުތަކަށް ފެތޭ، 5 އަހަރު ދުވަހުގެ މުއްދަތަށް ދޫކުރެވޭ މެޝިން ރީޑަބަލް ޕާސްޕޯޓެކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;