ads
ޝެއިހު އިބްރާހިމް ރަޝީދު ހަސަން -
އިސްލާމީ މަރުކަޒުގެ އިމާމުގެ މަގާމުން ޝެއިޚް އިބްރާހިމް ރަޝީދު އިސްތިއުފާ ދެއްވައިފި
އިސްލާމީ މަރުކަޒުގެ އިމާމެއްގެ މަގާމުގައި ވޭތުވެދިޔަ 7 އަހަރު ދުވަހު އަގުހުރި ހިދުމަތްތަކެއް ކުރެއްވުމަށްފަހު، އައްޝައިހު އިބްރާހިމް ރަޝީދު ހަސަން އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
Advertisement

ޝައިހް ވިދާޅުވީ ވޭތުވެދިޔަ ހަތް އަހަރުގެ ދިގު މުއްދަތުގައި އިސްލާމީ މަރުކަޒުގެ އިމާމެއްގެ މަސްއޫލިއްޔަތު އަދާކުރުމުގެ ފުރުސަތު ލިބިގެން ދިޔުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފަކާއި ފަހުރެއް ކަމަށެވެ.

"އަޅުގަނޑަށް އިތުބާރު ކުރައްވާ މި މަގާމަށް އައްޔަން ކުރެއްވި ކަމަށްޓަކައި، ދިވެހިރާއްޖޭގެ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު އަދި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވަން،" ކީރިތި ގުރުއާން ހިތުދަސް ޝައިހް އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.

މީގެ އިތުރުން އެކުގައި މަސައްކަތް ކުރެއްވި، އިސްލާމީ މަރުކަޒުގެ އިސްއިމާމް ފަޟީލަތުއް ޝައިހު މުހައްމަދު ލަތީފާއި އަލްހާފިޒް ސަލްމާން މުހައްމަދު ލަތީފާއި އައްޝައިހު ނަސްރުﷲ އަލީ އާއި އައްޝައިހު އައްމާރު އިލްޔާސްގެ ނަން ފާހަގަކޮށްފައިވެ އެވެ.

ޝެއިހު ވިދާޅުވީ އިސްލާމިކް ޔުނިވާސިޓީއާ ގުޅިވަޑައިގަތީ ތައުލީމާއި އުނގަންނައި ދިނުމުގެ ދާއިރާއިން ދިވެހި ގައުމަށް ހިދުމަތް ކުރުމަށް ލިބުނު ފުރުސަތެއްގެ ބޭނުން ހިފުމަށް ކަމަށެވެ.

ޝައިހް އިބްރާހިމް ރަޝީދު ވަނީ މިސްރުގެ އަލްއަޒްހަރު ޔުނިވާސިޓީ އާއި މަދީނާގެ އިސްލާމީ ޔުނިވާސިޓީން ތައުލީމު ހާސިލުކުރައްވާފައިވާފަ އެވެ. ޝައިހު އިބްރާހީމް ރަޝީދު ހަސަނަ ވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގައި ލެކްޗަރާއެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވާފަ އެވެ. މީގެ އިތުރުން ކީރިތި ގުރްއާން ކިޔެވުމުގެ ގައުމީ މުބާރާތާއި އެނޫންވެސް މުބާރާތްތަކުގެ ފަނޑިޔާރުކަންވެސް ކުރެއްވި އެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;