ކައުންސިލުން މިކަން އިއުލާންކޮށްފައިވަނީ މާލެ ސިޓީގެ ރައްޔިތުންނާއި އެކު ކައުންސިލުން ބޭއްވި މިއަހަރުގެ ރައްޔިތުންގެ ދެވަނަ ބައްދަލުވުމުގައެވެ.
މި ޑިވޮލޮޕްމަންޓް ޕްލޭންގައި ވާގޮތުން ކައުންސިލުން ހިންގަން ނިންމާފައިވާ މަޝްރޫއުތަކަށް ފައިސާ ހޯދުމަށް ރާވާފައިވަނީ، ޕްރަވައިޓް ސެކްޓަރަށްް އާންމުކޮށް ހުޅުވާލައިގެންކަމަށް މާލޭ ސީޓީ ކައުންސިލުން ބުނެއެވެ. އެގޮތުން ދުރާސްތާގެ ފައިނޭންޝަލް ޕްލޭންގެ ދަށުން ޕާކިން އިމާރާތްތަކާއި، ހައުސިން، ލަފާފުރާ ގިމަތަތައް، ޕާކާ މައިޒާންތައް އަދި ކޮމާޝަލް ބިލްޑިންތައް ތަރައްގީކުރަން ވަނީ ނިންމާފައެވެ.
ޢާމްދަނީ އިތުރުކުރުމަށް ކުރާ މަސައްކަތުގެ ތެރޭގައި، ކައުންސިލުގެ ބިންތަކާއި އިމާރާތްތައް ކުއްޔަށް ދޫކުރާ، ބޭސް ރޭޓް ފްރޭމްވާކެއް އެކުލަވައިލައި ތަންފީޒުކުރުން ހިމެނޭކަމަށް ކައުންސިލުން ބުނެއެވެ.
ކައުންސިލްގެ މެދުރާސްތާ ޑިވޮލޮޕްމަން ފައިނޭންޝަލް ޕްލޭނުގައިވާގޮތުން، ކައުންސިލުގައި ރިޒާވް ފަންޑެއް ޤާއިމުކޮށް، ކައުންސިލަށް އާމްދަނީ އިތުރުވާނެ ފަދަ ކަންކަމަށް އެ ފަންޑުން އިންވެސްޓްކުރުން ހިމެނޭކަމަށާއި އޭގެ ސަބަބުން ދެމެހެއްޓެނިވި ގޮތެއްގައި ކައުންސިލަށް ޢާމްދަނީ ލިބޭނެ މަގު ފަހިވެގެންދާނެކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެއެވެ.
ކައުންސިލްގެ އާމްދަނީ އިތުރުކުރުމަށް ޓަކައި ހަރަދު ކުޑަކުރުމަށް ކުރަން ނިންމައިފައިވާ ކަންތައްތަކުގެތެރޭގައި، ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމަށް، އިއާދަކުރަނިވި ހަކަތައަށް އިންވެސްޓްކުރުން ހިމެނޭކަމަށްވެސް ކައުންސިލުން ބުނެއެވެ.
ކައުންސިލުގެ އިދާރީ ހިންގުމުގެ ހަރަދު، ބަޖެޓްގެ ނިސްބަތުން އަހަރުން އަހަރަށް އިތުރުވަމުންދާތީ އެ ހަރަދު ކުޑަކުރުމަށް، މި ޕްލޭންގައި ގޮތްތަކެއް ކަނޑަޅައިފައިވަކަމަށް ކައުންސިލުން ބުނެއެވެ. އެގޮތުން ކުރަން ނިންމި އެއްކަމަކީ، ކައުންސިލުގެ އިދާރީ ހިންގުމުގައި "ޑިޖިޓަލް-ފަސްޓް" ސިޔާސަތެއް އެކުލަވައިލައި ތަންފީކުރުންކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެއެވެ.
ކައުންސިލުގެ އިދާރީ ހިންގުން އެއް ފުރާޅެއްގެ ދަށަށް ގެނެވި، އިދާރީ ހިންގުމުގެ ހުދުމަތް ދިނުމަށް، މިހާރު ކުއްޔަށް ހިފައިފައިވާ ޢިމާރާތްތައް ދޫކޮށްލުމާއި ޕްރޮކިއުމަންޓް ކަންކަން ހަރުދަނާކޮށް، ބަލްކް ޕާޗެސިންގ ތެރެއިން، ކައުންސިލަށް ހޯދާ ތަކެތި އަގުހެޔޮކޮށް ހޯދުމަކީ ވެސް، ހަރަދު ކުޑަކޮށްގެން ކައުންސިލްގެ އާމްދީ އިތުރުކުރުމަށް އަޅަން ކަނޑައަޅައިފައިވާ މުހިއްމު ފިޔަވަޅެއްކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;