ads
އެމްބާޕޭ ފްރާންސަށް ލީޑޫ ނަގައިދިނުމަށް ފަހު
ފީފާ ވޯލްޑް ކަޕް: މޮރޮކޯ ބަލިކޮށް ފްރާންސް ސެމީއަށް
ދެ ވަނަ ހާފުގެ ލަނޑުތަކުން 2-0 އިން މޮޮރޮކޯ ބަލިކޮށް ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ ޖާގަ ފްރާންސް އިން ހޯދައިފި އެވެ.
Advertisement

އެމެރިކާގެ ބޮސްޓަން ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ 60 ވަނަ މިނެޓުގައި އެމްބާޕޭ ވަނީ އޭނާ މި ގޯލް ކާމިޔާބުކޮށްފަ އެވެ. މިއީ އެމްބާޕޭ ވޯލްޑް ކަޕް މުބާރާތުގައި މިހާތަނަށް ކުޅުނު 20 މެޗުން ކާމިޔާބު ކުރި 20 ވަނަ ގޯލެވެ. އަދި މި އަހަރުގެ ވޯލްޑް ކަޕްގައި ޖެހި އަށްވަނަ ގޯލެވެ. 

އޭގެ ހަ މިނިޓް ފަހުން، ފްރާންސް އިން ލީޑުފުޅާކުރި އެވެ. މިއީ، އެމްބާޕޭ ދިން ބޯޅައަކުން އޮސްމާން ޑެމްބެލޭ ޖެހި ގޯލެކެވެ. ޑެމްބެލޭ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ކީޕަރު ބޯނޯ އަތުގައި ޖެހިފަ އެވެ.  

ދެވަނަ ހާފުގައި މޮރޮކޯ ހޯދި ފުރުސަތުތަކުގައި ނީލް އަލް އައިނޫއީގެ ހަމަލާ ގޯލާ އަމާޒު ކޮށް ނުލެވުނު އިރު އަޒަދީން އޮނާހީގެ ހަމަލާ ކީޕަރު މައިކް މައިނާން ވަނީ ދިފާއު ކޮށްފަ އެވެ. 

މެޗުގެ ފަހު ވަގުތު އެރުވި ފްރާންސްގެ ޖިއާން ފިލިޕޭ މަޓޭޓާއަށް ވެސް ވަނީ ގޯލު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބި ނާކާމިޔާބު ވެފަ އެވެ.

މި މޮޅާއެކު ސެމީ ފައިނަލްގައި ފްރާންސް ނުކުންނާނީ ސްޕެއިން އާއި ބެލްޖިއަމް ބައްދަލުކޮށް މޮޅުވާ ޓީމަކާ ދެކޮޅަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;