ads
މިނިސްޓަރު މުހައްމަދު ސައީދު، އިންޑިއާގެ ކޮމާސް މިނިސްޓަރު ޕިޔޫޝް ގޯޔަލް
އެފްޓީއޭ ތަންފީޒުކުރަން ޕިޔޫޝްއާ ސައީދު މަޝްވަރާ ކުރައްވައިފި
ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުން (އެފްޓީއޭ) ތަންފީޒުކުރުމާ ގުޅޭގޮތުން މިނިސްޓަރު މުހައްމަދު ސައީދު، އިންޑިއާގެ ކޮމާސް މިނިސްޓަރު ޕިޔޫޝް ގޯޔަލްއާ އެކު މަޝްވަރާތަކެއް ބާއްވައިފިއެވެ.
Advertisement

މި މަޝްވަރާތައް ބާއްވާފއިވަނީ އިންޑިއާގެ ކޮމާސް އެންޑް އިންޑަސްޓްރީ މިނިސްޓަރު ޕިޔޫޝް ގޯޔަލްގެ ދައުވަތަކަށް މިނިސްޓަރު ސައީދު މިހާރު އިންޑިއާއަށް ކުރައްވަމުންދާ ރަސްމީ ދަތުރުގެ ތެރެއިންނެވެ. 

މި ބައްދަލުވުމުގައި، ދެ ގައުމުގެ ދެމެދުގައި އިގްތިސާދީ ގުޅުން ބަދަހިކުރުމާއި، ވިޔަފާރި އާއި އިންވެސްޓްމަންޓްގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި ވަނީ މަޝްވަރާކިކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ. 

މި ބައްދަލުވުމުގައި ރާއްޖެއާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާއި، ދެ ގައުމުގެ ދެމެދުގައި އިންވެސްޓްމަންޓްތަކާ ބެހޭ އެއްބަސްވުމެއް (ބައިލޭޓަރަލް އިންވެސްޓްމަންޓް ޓްރީޓީ) ނިންމުމާއި، އަދި ވިޔަފާރީގެ ދާއިރާއިން ފެށުމަށް ގަސްތުކުރާ އާ މަޝްރޫއުތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވިކަމަށް މިނިސްޓަރު ސައީދު ވިދާޅުވިއެވެ. 

މި މަސައްކަތްތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ގެންގުޅުއްވާ ތަސައްވުރު ތަންފީޒުކުރުމަށް ކުރެވޭ މުހިންމު މަސައްކަތްތަކެއްކަމަށްވެސް މިނިސްޓަރު ސައީދު ވަނީ ވިދާޅުވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;