ads
ޔުނިސެފުން ދިން ވެކްސިނާ މިނިސްޓަރު ގީލާ ހަވާލުވަނީ
ހިމަބިހި ރައްކާތެރިވާން ޔުނިސެފުން ރާއްޖެއަށް 28,000 ވެކްސިން ދީފި
ހިމަބިހި ރައްކާތެރިވާން ޔުނިސެފުން ރާއްޖެއަށް 28,000 އެމް.އާރް ވެކްސިން ހަދިޔާކޮށްފިއެވެ.
Advertisement

ޔުނިސެފުން ހަދިޔާކުރި 28,000 ޑޯޒްގެ މި ވެކްސިނަކީ، ރާއްޖޭގައި ފެތުރެމުންދާ ހިމަބިހި (މީސަލްސް) ކޮންޓްރޯލް ކުރުމަށްޓަކައި ކުރިއަށްގެންދާ "އައުޓްބްރޭކް ރެސްޕޮންސް އިމިއުނައިޒޭޝަން" ޕްރޮގްރާމަށް އެހީތެރިވުމުގެ ގޮތުން ދިން ހަދިޔާއެއްކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ. 

ހެލްތް މިނިސްޓްރީން ބުނީ ހިމަބިހިން ރައްކާތެތިވާން މިހާތަނަށް މި ޕްރޮގްރާމްގެ ދަށުން 5,495 މީހުންނަށް ވެކްސިން ދީފައިވާއިރު، މާލެ ސަރަހައްދާއި އަތޮޅުތެރޭގެ ރަށްރަށުގައި ވެކްސިން ދިނުމުގެ މަސައްކަތް ޓީމުތަކުން މެދުނުކެނޑި ކުރަމުން އަންނަކަމަށެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، ޔުނިސެފްގެ ފަރާތުން ވެކްސިން ހަވާލުކޮށްދެއްވީ އެ ޖަމާއަތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޑރ. އެޑްވާޑް އަޑައި އެވެ. ސަރުކާރުގެ ފަރާތުން މި އެހީއާ ހަވާލުވެވަޑައިގަތީ މިނިސްޓަރު އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ ޤީލާ އަލީ އެވެ.

"ވެކްސިން ޖެހުމުގެ ޝަރުތު ހަމަވާ ހުރިހާ ބޭފުޅުންވެސް ވެކްސިން ޖެއްސެވުމަށް އަޅުގަނޑު ބާރުއަޅަން،" މިނިސްޓަރ ޤީލާ އަލީ ވިދާޅުވިއެވެ. 

މީގެ އިތުރުން، ސިއްހީ ދާއިރާގެ މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތްތަކަށް މިނިސްޓަރު ޝުކުރު އަދާކުރެއްވިއެވެ. އަދި ޔުނިސެފާ ގުޅިގެން މި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;