ads
ހެލްތު މިނިސްޓަރު ގީލާ އަލީ މަޖިލިސްގައި
އާސަންދައިން ރާއްޖެއިން ބޭރަށް ގިނައިން ދިޔައީ ކެންސަރު ބަލީގައި
އާސަންދައިން ރާއްޖެއިން ބޭރަށް އެންމެ ބޮޑު ހޭދައެއްކުރީ ކެންސަރު ބަލީގެ މީހުންނަށްކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ގީލާ ވިދާޅުވީ، ފާއިތުވި ތިން އަހަރުވެސް އާސަންދއިގެ ހިލޭ އެހީގެ ދަށުން ރާއްޖެއިން ބޭރަށް އެންމެ ގިނައިން ފޮނުވީ ކެންސަރު ބަލީގެ ޕޭޝަންޓުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކެންސަރު ބަލީގެ ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވާ ބަލި މީހުންގެ ތެރޭގައި ތަކުރާރުކޮށް ފޮނުވާ ބަލިމީހުންވެސް ހިމެނޭ ކަމަށެވެ. އަދި އޭގެ ތެރޭގައި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުންވެސް ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

ކެންސަރު ބަލީގެ ފަރުވާއަށް ރާއްޖެއިން ބޭރަށް ވަރަށް ގިނަ އަދަދެއްގެ މީހުން ފޮނުވި ނަމަވެސް ގިނަ މީހުން ކީމޯ ތެރަޕީ ހަދަނީ ރާއްޖޭގައިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.  

" 2025 ވަނަ އަހަރު ކީމޯ ތެރަޕީގެ ހިދުމަތް ފަރުވާއެއްގެ ގޮތުގައި ރާއްޖެއިން ބޭރުން ހޯދާފައި ވަނީ އެންމެ 39 މީހުން. ކީމޯ ތެރަޕީގެ ހިދުމަތް ގާއިމްވެފައިވާ އައިޖީއެމްއެޗް އާއި ހުޅުމާލޭ ހޮސްޕިޓަލުގައި ނުވަ އެނދު މިކަމަށް ހާއްސަ ކުރެވިފައިވާއިރު، ހުޅުމާލޭ ހޮސްޕިޓަލުން އެކަނި 2025 ވަނަ އަހަރު 755 މީހުން ވަނީ މި ހިދުމަތް ހޯދާފައި،" ގީލާ ވިދާޅުވިއެވެ.

ކެންސަރު ބަލީގެ ފަރުވާއަށް އާސަންދައިން ރާއްޖެއިން ބޭރަށް މީހުން ފޮނުވި އަދަދު 

  • 2023 - 1638
  • 2024 - 1996
  • 2025 - 2000+

ދިވެހިރާއްޖޭގެ ކެންސާ ރަޖިސްޓްރީގައި 1900 އަށް ވުރެ ގިނަ މީހުން ވަނީ ރަޖިސްޓްރީވެފަ އެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނެވެ. އަންހެނުންގެ ތެރޭގައި އެންމެ ގިނައީ އުރަމަތީގެ ކެންސަރެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;