ads
ހިމަ ބިހީގައި ނަގާ ބިހިތައް: ---
ހިމަބީގެ ކޭސްތަކުގެ އަދަދު 120 އިން މައްޗަށް
ހިމަބިހި (މީސްލްސް) ގެ ޖުމްލަ ކޭސްތަކުގެ އަދަދު 121 އަށް އަރައިފި އެވެ.
Advertisement

އެޗްޕީއޭއިން ބުނީ ހިމަބިހީގެ އިތުރު 55 ކޭސް މިދިޔަ ހަފްތާގައި ރިޕޯޓްކޮށްފައި ވަނީ މާލެ ސަރަހައްދުން ކަމަށެވެ. މިއާ އެކު މި މިހާތަނަށް މި އަހަރު ތެރޭގައި އެ ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 121 އަށް އަރައިފަ އެވެ.

ހިމަބިހީގެ ކޭސްތައް އިތުރުވާތީ، ޝައްކުކުރެވޭ މީހުން ޑޮކްޓަރަށް ދެއްކުމަށް އައިޖީއެމްއެޗުގައި ހެލްޕް ޑެސްކެއް ވެސް ގާއިމުކޮށްފައިވެ އެވެ. އަދި މިހާތަނަށް 5495 މީހަކަށް ވަނީ ވެކްސިން ދީފަ އެވެ.

މާލެ ސަރަހައްދުގައި ވެކްސިން ދެނީ:

  • އާބަން ޕްރައިމަރީ ހެލްތު ކެއާ (ޔޫޕީއެޗްސީ)
  • ހުޅުމާލެ ހޮސްޕިޓަލް
  • ސެނެހިޔާ
  • ވިލިމާލެ ހޮސްޕިޓަލް

ހިމަބިހީގެ އަލާމާތްތައް: 

  1. ހުން އައުން
  2. ރަތް ބިހިތަކެއް ނެގުން
  3. ލޯ ރަތްވުން 
  4. އަރިދަފުން ފޭބުން

މިފަދަ އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން ވަނީ އެދިފަ އެވެ. 

ހިމަބިއްސަށް ޖަހާ އެމްއާރު ވެކްސިން ރާއްޖެއަށް ތައާރަފުކުރީ 1983 ވަނަ އަހަރެވެ. އެއަށްފަހު 2017ވަނަ އަހަރު ރާއްޖެއަކީ ހިމަބިހި ނައްތައިލެވިފައިވާ ގައުމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައެޅި އެވެ. އެކަމަކު، އޭގެ ފަހުން ވެސް އެ ބަލި ރާއްޖޭން ފެނިފައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;