އެ ސަރަހައްދަށް ގާތްކުރާ އުޅަނދުފަހަރުގެ ކަންކަން ބަލަހައްޓަ މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް) އިން ބުނީ މާލޭ ނޯތު ހާބަރުގެ "އޭ ޒޯން" ގައި އޮޑިދޯނި ފަހަރަށް ފެނާއި ކަރަންޓުގެ ޚިދުމަތް ލިބޭނެ ނިޒާމް ގާއިމުކޮށް ނިންމަ މިއަދުން ފެށިގެން އެ ހިދުމަތްތައް ލިބޭނެކަމަށެވެ.
މީގެ ކުރިން މާލެ ނޯތު ހާބަރގެ "އޭ ޒޯން" (ބޮޑުތަކުރުފާނު މަގާވީ ފަރާތް) އިން ފެނާއި ކަރަންޓުގެ ޚިދުމަތެއް ނުލިބެ އެވެ. ކަރަންޓާއި ފެނުގެ ޚިދުމަތް މީގެ ކުރިން ފޯރުކޮށްދެނީ "ބީ ޒޯން" އަދި "ސީ ޒޯން" އިންކަމަށް އެމްޕީއެލްއިން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;