ފުލުހުން ބުނީ މި ތަކެތި ހޯދާފައި ވަނީ ޖޫން 28 ވަނަ ދުވަހުން ފެށިގެން ޖުލައި 4 ވަނަ ދުވަހާ ދެމެދުގެ މުއްދަތުގައެވެ. އެގޮތުން ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައި ގެއްލުނު 611416 ރުފިޔާ ހޯދަާފައިވާކަމަށް ފުލުހުން ބުނެއެވެ.
މިގޮތުން ވިލިމާލެ ޕޮލިސް ސްޓޭޝަނުން 627 ރުފިޔާ ހޯދާފައިވާއިރު ސްޕެޝަލް އެންފޯސްމަންޓް ޓީމުން 97900 ރުފިޔާ ހޯދާފައިވާކަަމަށް ފުލުހުން ބުނެއެވެ. އަދި ހެންވޭރު ޕޮލިސް ސްޓޭޝަނުން 175،000 ރުފިޔާ، މާފަންނު ޕޮލިސް ސްޓޭޝަނުން 104008 ރުފިޔާ ގަލޮޅު ޕޮލިސް ސްޓޭޝަނުން 233881 ރުފިޔާ ހޯދާފައިވާކަަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ ވަގަށް ނަގާފައިވާ ތަކެތި ހޯދައި އެ ތަކެތީގެ ހައްގުވެރި ވެރިފަރާތްތަކަށް ރައްދުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;