ads
އަތޮޅު ބޯޑެއް އުފައްދަން އެ އަތޮޅު ކައުންސިލުން މިމަހުގެ ދެވަނަ ދުވަހު ބޭއްވި އޮންލައިން ބައްދަލުވުމުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް- (ފޮޓޯ/ކުޅުދުއްފުށީ ކައުންސިލް
ހދ. އަތޮޅުގެ ތަރައްގީއަށް، ކައުންސިލްތަކުން ބޯޑެއް ހެދުން އެލްޖީއޭއިން ހުއްޓުވައިފި
ހދ. އަތޮޅުގެ ތަރައްގީއަށްޓަކައި އެ އަތޮޅު ކައުންސިލުތަކުން އުފައްދަން ނިންމާފައިވާ އަތޮޅު ބޯޑުގެ މަސައްކަތް ހުއްޓާލަން ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)ން އަންގައިފި އެވެ.
Advertisement

މިދިޔަ ބުރާސްފަތި ދުވަހު އޮންލައިންކޮށް ބޭއްވި ބައްދަލުވުމެއްގައި ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފު ވަނީ، އެ އަތޮޅު ރަށްރަށުގެ ކައުންސިލް ރައީސުންނާ ބައްދަލުކުރައްވާފަ އެވެ.

އެ ބައްދަލުވުމުގައި ހދ. އަތޮޅުގެ ތަރައްގީއާއި އަތޮޅުގެ ރައްޔިތުންގެ ކުރިއެރުމަށް ގުޅިގެން މަސައްކަތް ކުރުމަށް ބޯޑެއް އުފައްދެމަށާއި އެ ބޯޑުގެ މަގުސަދުތައް ކަނޑައަޅާ މަސައްކަތްކުރާނެ ގޮތުގެ އުސޫލެއް ހެދުމަށް ވަނީ ނިންމާފަ އެވެ.

އެ ކަމަށް އިޝާރަތްކޮށް، އެލްޖީއޭއިން އާތިފަށް ފޮނުވި ސިޓީއެއްގައި ވަނީ، އަތޮޅު ކައުންސިލްތައް އުވާލުމުން މުޅި އިދާރީ ދާއިރާގެ ތަރައްގީއަށް ކަންކަން ކުރުމަކީ އެ އޮތޯރިޓީގެ ގާނޫނީ މަސްއޫލިއްޔަތެއްކަން ލާމަރުކަޒީ ގާނޫނުން ސާފުވާ ކަމަށެވެ.

"ވީމާ ތިޔަ ކައުންސިލާއި ހދ. އަތޮޅު އެންމެހާ ކައުންސިލްތައް އެކުލެވިގެން އެކުލަވާލުމަށް ނިންމާފައިވާ ބޯޑުގެ ކަންކަން ކުރިއަށް ނުގެންގޮސް، މިފަދަ ބޯޑެއް އެކުލަވާލުމަށް ތިޔަ ކައުންސިލާއި ހދ. އަތޮޅު އެންމެހާ ކައުންސިލްތައް ނިންމާފައިވާ ނިންމުމަށް ވާސިލުވުމަށް ކަނޑައެޅި ގާނޫނީ ސްޓޭންޑަކީ ކޮބައިކަން ސާފުކޮށްދެއްވުމަށް ދަންނަވަމެވެ،" އެލްޖީއޭގެ ސިޓީގައިވެ އެވެ.

your imageއެލްޖީއޭ - ފޮޓޯ: އެޓޯލް ޓައިމްސް


އެލްޖީއޭގެ ސިޓީއާ ގުޅިގެން މޭޔަރު އާތިފް ވިދާޅުވީ ބޯޑެއް އެކުލަވާލަން މަސައްކަތް ކުރަނީ އަތޮޅު ކައުންސިލުން ނުވަތަ އެލްޖީއޭ އިން ދޭ ހިދުމަތްތައް ދޭން ނޫން ކަމަށާއި އެއީ ރަށްތައް ގުޅިގެން އަތޮޅުގެ ތަރައްގީއަށް ކައުންސިލްތައް ގުޅިގެން ކުރެވޭނޭ މަސައްކަތްތައް ބަލައި، އެކަންކަމުން ނަތީޖާއެއް ހޯދުމަށް ފެށި މަސައްކަތެއް ކަމަށެވެ.

"މިކަން ހުއްޓާލުމަށް އެލްޖީއޭ އިން އަންގާއިރު އެލްޖީއޭ އިން ކައުންސިލްތަކުގެ ޕާފޯމެންސް ވަޒަންކުރުމުގައި ކައުންސިލްތައް ގުޅިގެން މަސައްކަތް ކުރުމަށް ބާރުއަަޅުއްވައި މާކުސް ދޭގޮތަށް އެބައޮވޭ، މި ސިޓީގައި މި ދަންނަވަނީ އެ ބޭފުޅުންގެ އަމިއްލަ އުސޫލުތަކާ ވެސް ހިލާފު ވާހަކަފުޅެއް،" ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވި އެވެ. 

އަތޮޅުގެ ރަށްތައް ޝާމިލުވާ ގޮތަށް ބޯޑެއް އުފައްދަން ހދ. އަތޮޅުން ނިންމާފައިވާއިރު، ސަރުކާރުން ވަނީ ގާނޫނަށް ބަދަލު ގެނެސް އަތޮޅު ކައުންސިލްތައް އުވާލައިފަ އެވެ. އެ ކައުންސިލްތައް އުވާލިއިރު އެ ތަންތަން ހިންގަމުން ދިޔައީ ކައުންސިލްތަކުގެ ރައީސުން ހިމެނޭ ކައުންސިލަކުންނެވެ. 

އަތޮޅުގެ ކައުންސިލްތައް އުވާލުމަކީ އަތޮޅުގެ ތަރައްގީއަށް ރަށްތަކުން ގުޅިގެން މަސައްކަތް ކުރުމަށް ހުރަސް އެޅި، ލާމަރުކަޒީ ނިޒާމު ވަރަށް ބޮޑަށް ހީނަރުވެގެންދާ ކަމެއް ކަމަށް ވިދާޅުވެ މޭޔަރު އާތިފް ވަރަށް ބޮޑަށް އެ ނިންމުމަށް ފާޑުވިދާޅުވެފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;