ads
ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކްރިސްޓިއާނޯ ރޮނާލްޑޯ ރޮވިފައި
ރޮނާލްޑޯއަށް ރޮވިއްޖެ، އެތަން ފެނި އިތުރު ބަޔަކަށް ރޮވިއްޖެ!
ފަހު ވަގުތު ސްޕެއިންގެ މިކެލް މެރީނޯ ޖަހައިދިން ގޯލުން 1-0 އިން ޕޯޗުގަލް ބަލިވުމުން ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ރޮވިއްޖެ އެވެ.
Advertisement

ރޭގެ މެޗުގައި 41 އަހަރުގެ ފޯވަޑްގެ ބޭނުން ނުހިފުނަސް ކޯޗު ރޮބާޓޯ މާޓިނޭޒް އޭނާ ނުބާލަ އެވެ. މުޅި މެޗުގައި ރޮނާލްޑޯގެ ފައިގައި ޖެހުނީ އެންމެ 19 ބޯޅަ އެވެ. ތިން ހަމަލާ ފޮނުވާލި އެވެ. ލަނޑު ޖަހަން އެއް ފުރުސަތު ތަނަވަސްކޮށްދިނެވެ. 

ޕޯޗުގަލް މުބާރާތުން ވަކިވުމާއެކު، އެ ޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ބައިނަލްއަގުވާމީ ދިގު ކެރިއަރުވެސް ނިމުމަކަށް އަންނާނެ ކަމަށް ބެލެވެ އެވެ. ރޮނާލްޑޯގެ މުސްތަގުބަލާ ބެހޭގޮތުން ޕޯޗުގަލް ކޯޗް މާޓިނޭޒް މާ ގިނަ ވާހަކަތަކެއް ނުދެއްކި ނަމަވެސް، އޭނާ ވަނީ ރޮނާލްޑޯއަށް ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ.

your imageރޮނާލްޑޯ އަށް ލިބުނު ފުރުސަތެއްގައި ބޯޅަ ފޮނުވާލަނީ - ފޮޓޯ: އޭއެފްޕީ

ޕޯޗުގަލްގެ ކޯޗުކަމުން މާޓިނޭޒް ވަކިވިކަން އޭނާ ރޭ އިއުލާންކުރި އެވެ. ރޮނާލްޑޯއަށް ތައުރީފު ވެސް ކުރިމެވެ.

"އޭނާގެ ހުވަފެނަކީ ވޯލްޑް ކަޕް ކާމިޔާބުކުރުން، މި ވޯލްޑް ކަޕްގައި އޭނާ ކުރި މަސައްކަތަށް އަހަރެމެން ޝުކުރު އަދާކުރަން ޖެހޭ،" މާޓިނޭޒް ބުންޏެވެ.

މިއީ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯގެ ކެރިއަރުގައި ކުޅުނު ފަހު ވޯލްޑް ކަޕް މެޗެވެ. އޭނާ ވަނީ މިއީ އޭނާ ކުޅޭނެ އެންމެ ފަހު ވޯލްޑް ކަޕް މުބާރާތް ކަން މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަ ކޮށްފަ އެވެ. ނަމަވެސް ގައުމީ ޓީމަށް ކުޅުން އަދި ކުރިއަށް ގެންދާނެ ކަމަށް ވެ އެވެ. ރޮނާލްޑޯ ވަނީ 2006 އިން ފެށިގެން ޖެހިޖެހިގެން ހަ ވޯލްޑް ކަޕްގައި ކުޅެ، ހަ ވޯލްޑް ކަޕްގައި ލަނޑު ޖެހި ހަމައެކަނި ކުޅުންތެރިޔާގެ ޝަރަފް ހޯދައިފަ އެވެ.

ރޮނާލްޑޯ ރޭގެ މެޗުން ބަލިވެ ދެރަވެފައި ހުރުމުން އެކަމާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުން ވެސް އަންނަނީ "ރޯ މޫނު" ލަމުން ނެވެ. ރޮނާލްޑޯ އަށް ސަޕޯޓް ކުރާ މީހަކު ބުނީ މިއަދު މިއީ ހަމައެކަނި ކްރިސްޓިއާނޯ ރޮނާލްޑޯ އިންޓަނޭޝަނަލް ފުޓުބޯޅައަށް އަލްވަދާއު ކީ ދުވަސް ނޫން ކަމަށާއި މިއީ އެތައް މިލިއަން ބައެއްގެ ކުޑައިރުގެ ހަނދާންތައް ހިމޭންކަމާއެކު ނިމުމަކަށް އައި ހިނދުކޮޅެއް ކަމަށެވެ.

"ކުޑައިރުގެ ހަނދާންތަކުން ފަށައިގެން ރޮނާލްޑޯ ދަނޑުމަތީގައި ހުރިހާ ހިނދަކު އަހަރެމެންގެ އުންމީދު އަބަދުވެސް އޮވެއެވެ. އިތުރު ގޯލެކެވެ. އިތުރު އާދަޔާ ހިލާފު ގޯލެކެވެ. އޭނާގެ ގޯލުތަކާއި ހުނަރަކީ އެއްވެސް ޓްރޮފީއަކާއި އެއްވެސް ތަފާސްހިސާބަކާ ނުބައްދަލު ހުނަރުވެރިކަމެކެވެ." ޝޯޝަލް މީޑިއާގައި ލޔުނު ޕޯސްޓެއްގައި މީހަކު ބުންޏެވެ.

ޕޯޗުގަލްއަށް 233 މެޗު ކުޅެދީ 146 ލަނޑު ޖަހާފައިވާ ރޮނާލްޑޯ ވަނީ އޭނާގެ ކެޕްޓަންކަމުގައި ޕޯޗުގަލް އަށް އެއް ޔޫރޯ މުބާރާތާއި ދެ ފަހަރު ނޭޝަންސް ލީގު ކާމިޔާބު ކޮށްފަ އެވެ. ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ވެސް ފަސް ފަހަރަށެވެ. ޕޯޗުގަލް އާއި ކްލަބްތަކަށް ޖުމްލަ 976 ލަނޑު ޖެހި އެވެ. 

ކާމިޔާބު ކެރިއަރުގައި ރޮނާލްޑޯ އަށް މަދުވަނީ ހަމައެކަނި ވޯލްޑް ކަޕްގެ ތައްޓެވެ. ރޮނާލްޑޯގެ ހަ ވޯލްޑް ކަޕްގެ ތެރެއިން ތައްޓާ އެންމެ ކައިރިއަށް ވެސް ދެވުނީ އޭނާގެ ފުރަތަމަ ވޯލްޑް ކަޕް 2006ގަ އެވެ. އެ ފަހަރު ސެމީ ފައިނަލްގައި ކުޅުނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;