ޖޭއެސްސީން، ކްރިމިނަލް ކޯޓަށް ހޯދަން އިއުލާންކޮށްފައިވަނީ ތިން ގާޒީންނެވެ. ޖިނާއީ މައްސަލަތައް ބެލުމުގެ އިހްތިސާސް އޮންނަ ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް ހުޅުވާލާފައިވާއިރު އެ މަގާމަށް މުސާރައިގެ ގޮތުގައި ލިބެނީ 37,700ރ. އެވެ. އަދި އެލެވަންސްގެ ގޮތުގައި 22،300ރ. އާއި މެޑިކަލް އިންޝުއަރެންސް ވެސް ލިބެ އެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް ކުރިމަތިލެވޭނީ އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވާ ވުމާއެކު ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ އެ ދެ ކަމުގައި މަދުވެގެން ތިން އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވާނަމަ އެވެ. އެ މަގާމަށް ކުރިމަތިލާން ހުޅުވާލާފައިވަނީ މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށެވެ.
ކްރިމިނަލް ކޯޓުގައި މި ވަގުތު ތިއްބެވީ 12 ގާޒީންނެވެ.
ސިވިލް ކޯޓަށް ގާޒީން ހޯދަންވެސް މި ފަހުން އިއުލާންކުރިއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;