ads
މިފްކޯގެ އެމްޑީ އަނަސް
މިފްކޯއިން ވިއްކާ އައިސް މަދު ކުރި ވާހަކަ އެއީ ދޮގެއް: އަނަސް
މިފްކޯއިން ވިއްކާ އައިސް މަދު ކުރި ވާހަކަ އެއީ ދޮގެއް ކަމަށް މިފްކޯގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަނަސް މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

އަނަސް މިހެން ވިދާޅުވެފައިވަނީ މިފްކޯއިން ކަންނެލި މަސްވެރިންނަށް އައިސް ވިއްކާ ވަރު ދޯންޏަކަށް ދެ ޓަނުގެ ރޭޓުން ލިމިޓްކޮށްފައިވާ ކަމަށް ބޮޑުކަންނެލި ޔޫނިއަން (ބީކޭއެމްޔޫ) އިން ބުނަމުން ދަނިކޮށެވެ. 

މިކަމާއި ގުޅިގެން މިފްކޯގެ އޮފިސަލެއް "ސީއެންއެމް" އަށް ވިދާޅުވީ މިފްކޯއަށް މަސްކިރާ ދޯނިފަހަރަށް ދެ ޓަނުގެ އައިސް ހިލޭ ދޫކުރުމުގެ އިތުރުން، އައިސްޕްލާންޓްތަކުގައި ގާބިލުކަން ހުރި ވަރަކުން އައިސް ވިއްކާ ކަމަށެވެ.  

އޭނާ ވިދާޅުވި ގޮތުގައި ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންއާ ވަރަށް ގާތް ގުޅުމެއް ބާއްވަވާ ނަމަވެސް މިފަހަރު އެ ޔޫނިއަނުން މިފަހަރު ބަޔާން ނެރުނީ ގުޅާ ވެސް ނުލަ އެވެ.

ބައެއް ވަކިވަކި ދޯނިފަހަރަށް 10 ޓަނާ ހަމައަށް އައިސް ދޫކުރަން ބައެއް ފަހަރު އެދޭ ކަމަށާއި އެގޮތަށް ދޫނުކުރެވޭ ފަހަރު އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބީކޭއެމްޔޫ އިން ނެރުން ބަޔާނުގައި ބުނެފައިވާ ގޮތުން މިފްކޯއިން ގެނައި ބަދަލުގެ ސަބަބުން މަސްވެރިންނަށް މަހަށް ފުރަން ދަތިވެފައިވާ ކަމަށާއި މަސްވެރިންނަށް މަހަށް ފުރަން ދަތިނުވާ ވަރަށް އައިސް ވިއްކޭނެ އިންތިޒާމް ހަމަޖައްސައިދޭން އެދޭ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;