ads
ލޭ ހަދިޔާ ކުރުން
ތިމާގެ ލޭގެ ގުރޫޕުން ސިއްހަތައް ބިރު އެބައޮތްތަ؟
އިންސާނާގެ ހަށިގަނޑުގައި ހުންނަ ލޭގެ ގްރޫޕަކީ ހަމައެކަނި އާއިލާ ދެނެގަންނަން ބޭނުންކުރާ އެއްޗެއް ނޫން ކަމަށާއި، އެއީ ސިއްހީ މައްސަލަތަކާއި، ސްޓްރެސްގެ މިންވަރާއި، ހަށިގަނޑުގެ ދިފާއީ ބާރު ހުންނަ ގޮތް ކަނޑައަޅާ ދާއިމީ ޖެނެޓިކް ބްލޫޕްރިންޓެއްކަން ސައިންސުވެރިންގެ ހޯދުންތަކުން ހާމަވެއްޖެ އެވެ.
Advertisement

ދިރާސާތަކުން ދައްކާ ގޮތުގައި، ކޮންމެ ލޭގެ ގްރޫޕަކަށްވެސް އޭގެ އަމިއްލަ ސިއްހީ ފައިދާތަކާއި، ބައެއް ކަހަލަ ބަލިތަކަށް ހުށަހެޅުމުގެ ބިރުވެރިކަން ވަނީ ވާރުތަކޮށްފަ އެވެ.

މިގޮތުން ލޭގެ ގްރޫޕް "އޯ" ހުންނަ މީހުންނަށް ހާޓް އެޓޭކް ޖެހުމާއި ލޭ ގަޑުވުމުގެ މައްސަލަތައް ދިމާވުމުގެ ފުރުސަތު ކުޑަނަމަވެސް، ލޭގެ ގްރޫޕް "އޭ" ހުންނަ މީހުންގެ ހަށިގަނޑުގައި ސްޓްރެސް ހޯމޯން ނުވަތަ "ކޯޓިޒޯލް" އުފެދޭ މިންވަރު އިތުރުވުމުގެ ސަބަބުން ނަފްސާނީ ބުރަދަން ބޮޑުވެ އެވެ. އަދި ޓައިޕް "ބީ" ލޭގެ ގްރޫޕް ހުންނަ މީހުންގެ ދިފާއީ ބާރު ވަރުގަދަ ނަމަވެސް، އެމީހުންނަށް ހަކުރުބަލި (ޓައިޕް 2 ޑައިބެޓީސް) ޖެހުމުގެ ފުރުސަތު ތަފާސްހިސާބުތަކުން މަތިކަމަށް ދައްކަ އެވެ.

ސައިންސްވެރިން ފާހަގަކުރާ ގޮތުގައި އެއްވެސް ލޭގެ ގްރޫޕަކީ އަނެއް ގްރޫޕަށް ވުރެ "މޮޅު" ނުވަތަ "ދެރަ" އެއްޗެއް ނޫނެވެ. މިއީ ތާރީހުގައި ކާބަފައިން ދިރިއުޅުނު މާހައުލާއި، ކުރިމަތިލާންޖެހުނު ބަލިތަކާ ދެކޮޅަށް ހަށިގަނޑު ތަރައްގީވަމުން އައިސްފައިވާ ގޮތުގެ ނަތީޖާ ކަމަށްވުމުން، އަމިއްލަ ލޭގެ ގްރޫޕް ދެނެގަނެ، އެއަށް ބަލައިގެން ދިރިއުޅުމުގެ އާދަތައް ބައްޓަންކުރުން މުހިންމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;