ads
ދިވެހިރާއްޖެއަށް މިހާރު ޒިޔާރަތްކުރައްވަމުންގެންދަވާ ސައޫދީ އަރަބިއްޔާގެ ވަފުދުގެ ބޭފުޅުން، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރެއްވުން
ސައުދީން ރާއްޖެއާ މެދު ގެންގުޅުއްވާ ދީލަތިކަމަށް ރައީސްގެ ޝުކުރު!
ދިވެހިރާއްޖެއަށް މިހާރު ޒިޔާރަތްކުރައްވަމުންގެންދަވާ ސައޫދީ އަރަބިއްޔާގެ ވަފުދުގެ ބޭފުޅުން، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
Advertisement

ރައީސް އޮފީހުގައި މިއަދު ހެނދުނު އޮތް މި ބައްދަލު ކުރެއްވުމުގައި އެ ވަފުދާއެކު، އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޔަހްޔާ ހަސަން އަލްގަހްތާނީވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް، ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދާއި، ވަލީޢަހްދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދު، ރާއްޖެއާ މެދު ގެންގުޅުއްވާ ދީލަތިކަން ފާހަގަކުރައްވާފަ އެވެ.

ޚާއްސަކޮށް ރާއްޖޭގެ އިގުތިސާދީ އަދި އިޖުތިމާޢީ ތަރައްގީއަށް ދެއްވާ އެއްބާރުލެއްވުމުގެ އަގުވަޒަންކުރައްވައި ރައީސް ޝުކުރު އަދާކުރެއްވި އެވެ.

ސައޫދީ އަރަބިއްޔާގެ ވަފުދުން ވަނީ، ދިވެހި ސަރުކާރާއި ދިވެހިރާއްޖެއިން ދެންނެވި ހޫނު މަރަޙަބާއަށާއި ބެހެއްޓެވި މެހުމާންދާރީއަށް ޝުކުރު އަދާކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުން ނިންމަވައިލައްވަމުން ދެ ގައުމުންވެސް ވަނީ، ދެ ގައުމުގެ ދެމެދުގައިވާ ޒަމާންވީ، އުހުއްވަތްތެރި ގުޅުން އިތުރަށް ބަދަހިކުރުމުގެ ޝައުގުވެރިކަން އޮތްކަމަށް ވިދާޅުވެފަ އެވެ.

ސައުދީ ވަފުދާއެކު ބޭއްވެވި ބައްދަލުވުމުގައި ދައުލަތުގެ ވަޒީރުންނާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;