މިކަމާއި ގުޅިގެން ސްޓޭޓް ފާމާގެ ޕީއާރް ކޮމިއުނިކޭޝަން ދާނިސް ނިޒާމް "ސީއެންއެމް" އަށް ވިދާޅުވީ ސްޓޭޓް ފާމާ ހެންވޭރު ފާމަސީން ކަސްޓަމަރަކަށް ބޭސް ދޫކޮށްފައިވާއިރު، އެ ބޭސްތަކުގެ ޖުމްލަ އަގަކީ -/2،977.15 (ދެހާސް ނުވަސަތޭކަ ހަތްދިހަ ހަތެއް ރުފިޔާ ފަނަރަ ލާރި)ކަމުގައި އެވެ.
މި ބޭހަކީ އާސަންދައިގެ ދަށުން ކަވަރުކުރާ ބޭހަކަށް ނުވާއިރު، ބޭސް ދޫކޮށްފައިވަނީ އިންޝުއަރެންސް ޕާޓްނާ ސްލިޕަށް ސްޓޭޓް ފާމާ ފާމަސީން ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ. މީސްމީޑިއާގައި ދައުރުވަމުންދާ ކުންފުނީގެ ލެޓަރހެޑްގައިވާ ކޮޓޭޝަންގައި ބޭހުގެ އަގު 6،000 ރުފިޔާއަށްވުރެ މަތީގައި ހުރީ، ބޭހުގެ އެކި ބްރޭންޑްތައް ލިބެން ހުންނަ އަގުތައް ތަފާތުވުމާ ގުޅިގެން ކަމަށް ދާނިސް ވިދާޅުވި އެވެ.
އާސަންދަ ކަވަރު ނުކުރާ ބޭސްތަކަކީ، ގިނަ ފަހަރު ވިރަ މެދުވެރިކޮށް އަދި ގުޅިފައިވާ އެހެން އެޖެންސީތަކުގެ އެހީގައި ގެންނަ ބޭސް ކަމަށްވާއިރު، ކަސްޓަމަރުގެ އަތުން ފައިސާ ނަގާފައި އޮތްކަމަށް ދޭހަވާ މޭރުމުން އޮތުމަކީ ރަނގަޅު މައުލޫމާތެއް ނޫން ކަމުގައި އޭނާ ފާހަގަކުރެއްވި އެވެ.
ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑަކީ ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ ރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފުޅާކޮށް، އެތަކެތި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށް ދިނުމުގެ އެންމެހައި މަސައްކަތް ކުރުމުގެ މަގުސަދުގައި އުފެއްދި ކުންފުންޏެކެވެ.
ރާއްޖޭން ބޮޑެތި ބަލިތަކުގެ ބޭސް ނުލިބޭ ކަމުގެ ޝަކުވާ ބޮޑުވަމުން ގޮސް، ސަރުކާރުން ބޭސް އެތެރެކުރަން ކުންފުންޏެއް އުފެއްދީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;