ads
ޖަންނަތުގެ ޓްރެއިލާ
ޖަންނަތުގެ ޓްރެއިލާ ބަލައިފިންތަ؟
ޑާކްރެއިން އެންޓަޓެއިންމަންޓުގެ އާ ފިލްމު "ޖަންނަތު" ގެ އާ ޓްރެއިލާއެއް އާންމުކޮށްފި އެވެ.
Advertisement

ޓްރެއިލާ ފެށެނީ މަޝްހޫރު އެކްޓަރު އިސްމާއީލް ރަޝީދު (ކޮޕީ) އިއްސެ، ވަރަށް ކެރުމާ، ގާބިލުކަމާއެކު ކޯޓް ކޭސްއެއްގައި ގާޒީގެ ކުރިފުޅުމަތީގައި ހުރެގެން އޭނާ ވަކާލާތުކުރާ ކޮޅަށް ވާހަކަދައްކައި ހެކިތައް ހުށައަޅަމުންދާ އަޑާއި މަންޒަރު އެވެ.

ކޯޓުގެ ގާޒީއަކަށް އިންނަވަނީ ތަޖުރިބާކާރު އެކްޓަރު މުހައްމަދު ރަޝީދު (ދަރާ) އެވެ.

ކޯޓުގައި ވާހަކަދެކެވެމުންދާ ކުޑަކުއްޖާ، އޭނާގެ ކާފަކަމަށް ބެލެވޭ މުހައްމަދު އަފްރާހް އާއެކު މަގުމަތިންދާ މަންޒަރެއްގެ ފަހުން އަނެއްކާވެސް ފެނިގެންދަނީ ކޯޓުމަރުހަލާގެ މަންޒަރެކެވެ.

ކުއްޖާގެ ހައްގުތައް އެންމެ ރަނގަޅަށް ހިމާޔަތްކުރެވޭނީ، އެކުއްޖާގެ ބެލުން، އެކުއްޖާދެކެ އިންތިހާއަށް ލޯބިވާ، މާމައާ ހަވާލުކުރުމަށްވުރެ، ގިނަ ފަހަރަށް ވާނުވާ ނޭނގޭ ނުކުޅެދޭ ބައްޕަޔާ ހަވާލުކުރުންތޯ ނިންމުމުގެ ހައްސާސް މައްސަލައެއް ކަމަށް ކޮޕީ އިއްސެ ސުވާލު ކުރާތަން މި ޓްރެއިލާގައި ފެނިގެންދެ އެވެ. 

މި ފިލްމަކީ އާއިލީ ގުޅުންތަކާއި، އިންސާފާއި، އިންސާނީ ގުޅުންތަކުގެ މައްޗަށް ބިނާވެފައިވާ އަސަރުގަދަ ވާހަކައެކެވެ.

ފިލްމުގެ ސްކްރިޕްޓް ލިޔެފައިވަނީ އައިޝަތު ފުއާދު އަދި އަހުމަދު ތަލާލް އެވެ.

އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރޮޑިއުސްކުރީ އައިޝަތު ފުއާދު އާއި މުހައްމަދު އަލީ (މޮގާ) އެވެ. 

ގިނަ އަދަދެއްގެ މޮޅު ފަންނާނުންގެ ކާސްޓެއް ފެނިގެންދާ މި ފިލްމުގެ ޕޯސްޓަރު އާންމުކުރުމާއެކު މިހާރު ބެލުންތެރިން އެންމެ އިންތިޒާރު ކުރަމުންދަނީ ފިލްމުގެ ރަސްމީ ޓްރެއިލާ ބަލާލުމަށެވެ.

ޑާކް ރެއިން އެންޓާޓައިންމަންޓް ފާހަގަ ކުރެވެނީ ތަފާތު މޮޅު ފިލްމުތަކެއް ނެރޭ އަދި އާންމުން ގެ މަގްބޫލު ޕްރޮޑަކްޝަން އެއްގެ ގޮތުގައި އެވެ. 

މި ފިލްމު އާންމުންނާއި ހަމަޔަށް އަންނާނީ މި އަހަރުގެ އޮގަސްޓު މަހުގެ 3 ވަނަ ދުވަހު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;