ads
ބޮޑުތަކުރުފާނު މަގު ޝީޓް ޕައިލް މަސައްކަތް ނިންމާފައި
ބޮޑުތަކުރުފާނު މަގު ޝީޓް ޕައިލް މަސައްކަތް ނިންމައިފި، މާދަމާ ތާރު އަޅަނީ
ބޮޑޮތަކުރުފާނު ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތުގެ ދަށުން ޝީޓް ފައިލް މަސައްކަތް ނިންމާ މާދަމާ ތާރުއަޅަން ފަށާނެކަމަށް އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނެފިއެވެ.
Advertisement

ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު މަސައްކަތް ކުރަމުން އަންނަނީ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް އޮތް ސަރަހައްދުގައެވެ. އެ މަސައްކަތް ފެށީ މާރިޗު މަހުގެ 24 ވަނަ ދުވަހު އެވެ.    

އެމްޓީސީސީން ބޭތރު މަގު ތަރައްގީ ކުރުމުގެ މަސައްކަތުގެ ދަށުން އެމަގު ފުޅާކުރަން ޝީޓް ޕައިލްކުރަންޖެހޭ ހުރިހާ ހިސާބެއްގެ މަސައްކަތް މިހާރު ނިންމާފައިވާކަމަށެވެ. އަދި މަގު މިހާރު ކުރިޔަށްދަނީ މަގުގައި ތާރުއެޅުމަށް ކުރަންޖެހޭ މަސައްކަތްތައްކަމަށާއި މާދަމާ މަގުގައި ތާރު އެޅުމުގެ މަސައްކަތް ފަށާނެކަމަށް އެމްޓީސީސީން ބުނެއެވެ. އަދި އެ މަސައްކަތަށް ބޭނުންވާ މެޝިނަރީޒް މިހާރު އެ ސަރަހައްދަށް ގެންގޮސްފައިވާކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

your imageބޭރުމަގުގައި މިހާރު ހަދަމުންދާ ބައިގައި ތާރު އަޅަން ތައްޔާރުވެފައި

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތުގެ ދަށުން މިހާރު ހަދަމުން އަންނަ ސަރަހައްދުގެ މަސައްކަތް އެއްކޮށް ނިންމާ އަންނަ މަހުގެ 26 އަށް ހުޅުވުމަށް އެމްޓީސީސީން އަންނަނީ މަސައްކަތް ކުރަމުންނެވެ. 

ބޮޑުތަކުރުފާނު މަގު ތާރު އަޅައިގެން އަލުން ހެދުމަށް ކުރިއަށްގެންދާ މި މަޝްރޫއުގައި، އެންމެ ފުރަތަމަ ނިންމީ ޖުމްހޫރީމައިދާން ކައިރިން މާރުކޭޓާއި ރަސްމީ ފާލަމާ ދެމެދު، ފަޅުތެރެއިން ބައެއް ހިއްކައިގެން، ހަތަރު ލޭނަށްވާ ގޮތަށް މަގު ފުޅާކޮށް ތާރު އަޅައިގެންނެވެ.    

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;