ads
ކުރީގެ ތިން ރައީސުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުން: ތިން ރައީސުންގެ މަސައްކަތް ނުހުއްޓޭ ކަމަށް ނަޝީދު ވިދާޅުވި
ތިން ރައީސުންގެ މަސައްކަތް ވަނީ މަޑުޖެހިފައި: ނަޝީދު
މި ސަރުކާރާ ދެކޮޅަށް ކުރީގެ ތިން ރައީސުން އެކުގައި ފެއްޓެވި މަސައްކަތް ނުހުއްޓޭ ކަމަށާއި، ނަމަވެސް އެ މަސައްކަތް ބާރަށް ކުރިއަކަށް ވެސް ނުދާ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

ކުރީގެ ރައީސް މުޙައްމަދު ނަޝީދު ހިމެނޭހެން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުގައި މަސައްކަތް ކުރައްވަން އެއްބަސްވުމެއްގައި ވަނީ ސޮއިކުރައްވާފަ އެވެ.

ތިން ރައީސުން އެކުގައި މަސައްކަތް ކުރައްވަން ނިންމަވައި، މޭ މަހުގެ 15ވަނަ ދުވަހުގެރޭ ވަނީ ތިން ބޭފުޅުން ފުރަތަމަ ފަހަރަށް ބައްދަލުކުރައްވާފަ އެވެ. މި ބައްދަލުކުރެއްވުމަށްފަހު އެބޭފުޅުންގެ މަންދޫބުންގެ ބައްދަލުވުންތަކެއްވެސް ކުރިއަށްގެންދިޔަ އެވެ.

އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޗެއާޕާސަން ނަޝީދު ވިދާޅުވީ ތިން ރައީސުންގެ މަންދޫބުންގެ ކޮމިޓީން ދެ ބައްދަލުވުމެއް ބޭއްވި ނަމަވެސް މާބާރަށް މަސައްކަތް ކުރިއަށް ނުދާ ކަމަށެވެ.

އެ މަސައްކަތް އެއްކޮށް ހުއްޓުނީތޯ ނޫސްވެރިއަކު ސުވާލުކުރުމުން ނަޝީދު ވިދާޅުވީ ހުއްޓުނީ ކަމަށް ދެންނެވެން ނެތް ކަމަށެވެ. 

"ތިން ރައީސުންގެ ބައްދަލުވުމާ ގުޅިގެން ނެގުނު ކޮމިޓީއެއް. ނަގާފަ އެކޮމިޓީ 2 ފަހަރު ބަދަލުވި، ބައްދަލުވުމަށް ފަހުގައި އަޅުގަނޑުމެންނަށް އެމަގަކުން މާ ބާރަށް ކުރިއަށް ހިގައިފައި ނެތް" ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އިއްތިހާދެއްގެ މަސައްކަތް ކުރުމަކީ އޮނިގަނޑަކުން ކުރަން ވަރަށް އުނދަގޫ ކަމެއް ކަމަށެވެ. އެކަމަކު ތިން ފަރުދަކު ކަންބޮޑުވާ ކަންތައްތަކެއް ހުރެދާނެ ކަމަށާއި އަދި އެކަމުގައި އެކުގައި މަސައްކަތް ކުރުމަކީ ވިސްނިދާނެ ކަމެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;