ads
ޑީބީއެމްގެ ޗެއާގެ މަގާމުން އިސްތިއުފާ ދެއްވި އަރޫނީ ރައީސް މުއިއްޒު އާ ބައްދަލު ކުރައްވަނީ
ޑިވެލޮޕްމަންޓް ބޭންކްގެ ޗެއާޕާސަންވެސް އިސްތިއުފާދެއްވައިފި
ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް)ގެ ޗެއާޕާސަން އަރޫނީ ގޫނަތިލަކަ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
Advertisement

މި ސަރުކާރުން އުފެއްދި މޯލްޑިވްސް ޑިވެލޮޕްމެންޓް ބޭންކުގެ ހިދުމަތް ނުފެށި އުޅެނިކޮށް އެ ބޭންކުގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ގެ މަގާމުގައި ހުންނެވި ނޮއެލް ގްރެގާ ޕެޓަސަން-ޖޯންސްވަނީ އެ މަގާމަށް އައްޔަންކުރިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް އިސްތިއުފާ ދެއްވާފައެވެ.

ސަރުކާރަށް އަހަރެއް ފުރުމާ ދިމާކޮށް 2024 ވަނަ އަހަރުގެ ނޮވެމްބަރު 16، ގައި ޑީބީއެމްގެ އޮފީހެއް މާލެގައި ހުޅުވި ނަމަވެސް މިހާތަނަށް އެ ބޭންކުން ހިދުމަތެއް ދީ އެއްވެސް ލޯނެއް ދޫކޮށްފައެއް ނުވެ އެވެ. ޑީބީއެމް ހިންގަން ބޭނުންވާ ލައިސެންސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އޮކްޓޯބަރު 13، 2024 ގައި ދޫކުރީ އަހަރެއްގެ ތެރޭގައި ބޭންކިން ހިދުމަތް ދިނުމަށް ޝަރުތު ވެސް ކުރުމަށް ފަހު އެވެ.

ޑީބީއެމްގެ ޗެއާޕާސަންގެ ގޮތުގައި ހުންނެވި އަރޫނީ ގޫނަތިލަކަ ވެސް މިވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އޭނާ އިސްތިފާދެއްވި ސަބަބެއް ޕީސީބީއަކުން ހާމައެއް ނުކުރެއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;