ads
ޖަޕާނު މީހެއް ބަގީޗާއެއްގައި
އުފާވެރިކަން ހޯދުމަށް ޖަޕާނު މީހުން ބޭނުންކުރާ ހާއްސަ އުކުޅެއް
ޖަޕާނުގެ މީހުން ދިރިއުޅުމުގެ އުފާވެރިކަމާއި ހިތްހަމަޖެހުން ހޯދުމަށްޓަކައި ޒަމާނުއްސުރެ ބޭނުންކުރަމުން އަންނަ ހާއްސަ ފަލްސަފާއެއް ކަމަށްވާ "އިޗިގޯ އިޗިއޭ" ގެ މުހިންމުކަން ގިނަ ބައެއްގެ ސަމާލުކަމަށް އަތުވެއްޖެ އެވެ.
Advertisement

ޖަޕާނުގެ ތާރީހީ ރަށެއް ކަމަށްވާ މަގޯމޭގައި މިއަދުވެސް އަމަލުކުރަމުންދާ މި ފަލްސަފާގެ މާނައަކީ "އެ ބައްދަލުވުމެއް ނުވަތަ އެ ވަގުތަކީ ހަމައެކަނި އެއްފަހަރު އަންނާނެ ވަގުތެއް" ކަމަށް ދެކިގެން ކަންކަމަށް އަގުވަޒަންކުރުމެވެ. މީގެ މައިގަނޑު ބޭނުމަކީ ކޮންމެ މީހަކުވެސް އެމީހެއްގެ ހަޔާތުގައި ދިމާވާ ކޮންމެ ވަގުތަކީވެސް ދެވަނަ ފަހަރަކު ނާންނާނެ ހާއްސަ ވަގުތެއްކަން ދަނެގެން، މިހާރު ހިނގަމުންދާ ވަގުތަށް ފުރިހަމައަށް ސަމާލުކަންދީގެން އުފާވެރިކަން ހޯދުމެވެ.

މި ފަލްސަފާ އެންމެ ފުރަތަމަ އުފެދިގެން އައީ ޖަޕާނުގެ ސަގާފީ ސައިގެ ރަސްމިއްޔާތުތަކުގެ ތެރެއިންނެވެ. އެގޮތުން ސައިގެ ރަސްމިއްޔާތުތަކުގައި ބޭނުންކުރާ ކޮންމެ ސާމާނަކާއި މަލެއްވެސް ހޮވަނީ އެ ބައްދަލުވުމަކަށް އެކަނި ހާއްސަކޮށްގެން، އަންނަ މެހެމާނަށް އިހުތިރާމް އަދާކުރުމުގެ ގޮތުންނެވެ. 

މީގެ އިތުރުން ޖަޕާނުގެ ސަގާފީ ދިރިއުޅުމާއި، ކާއެއްޗެހި ތައްޔާރުކުރުމުގެ މަސައްކަތްތަކުގެ ތެރޭގައިވެސް މި ވިސްނުން ވަނީ ވަރަށް ބޮޑަށް އަށަގަނެފައެވެ. މިސާލެއްގެ ގޮތުން، އެ ގައުމުގެ ސަގާފީ ފޮނިކާ އެއްޗެއް ކަމަށްވާ "ގޯ މޮޗި" ތައްޔާރުކުރާއިރު، އަތުން ތައްޔާރުކުރާ ކޮންމެ އެތިކޮޅަކީވެސް އޭގެ ބައްޓަމާއި ރަހައިގެ ގޮތުން ތަފާތު، ދެވަނަ އެއްޗަކާ އަޅާނުކިޔޭނެ ހާއްސަ އެއްޗެއްގެ ގޮތުގައި އެމީހުން ދެކެއެވެ.

މި ފަލްސަފާއަކީ ހަމައެކަނި ވިސްނުމެއް ނޫން ކަމަށާއި، މިއީ އަމިއްލަ ނަފްސާއި މީހާގެ ޖަޒުބާތުތައް ކޮންޓްރޯލްކުރަން ދަސްކޮށްދޭ މުހިންމު ހަމައެއް ކަމަށް މިއާ ބެހޭ ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. 

މިއީ އިންސާނާގެ ވަށައިގެންވާ މާހައުލުން ލިބޭ ހިތްހަމަޖެހުންތައް ބަލައިގަނެ، ހާސްކަމުން ދުރުވުމަށް އެހީތެރިވެދޭ ކަމެކެވެ. ދިރިއުޅުމުގައި ދިމާވާ ކޮންމެ ކަމަކީވެސް އެއްފަހަރު ނޫނީ ތަޖުރިބާ ނުކުރެވޭނެ ކަމެއްގެ ގޮތުގައި ދެކިގެން އުޅުމަކީ، އިންސާނާއަށް ހަގީގީ ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭނެ ސިއްރެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;